ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނަށް އެހީތެރިވުމުގައި ލާމަސީލުވާން ޖެހޭ، ޓެލެތޯންއަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް އުއްމީދު ކުރަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު "ފަލަސްތީނާއިއެކު ދިވެހިން" ޓެލެތޯންގައި ބައިވެރިވެވަޑައިގަތުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތް އިތުރު ހަރުފަތަށް ގެންދަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ފަލަސްތީނާއެކު ދިވެހީން“ ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއިން އަބަދުވެސް އޮތީ ފަލަސްތީނާއިއެކުކަމަށެވެ. އަދި ރާއްޖެއިން އެކި ގޮތް ގޮތުން ފަލަސްތީނަށް އެހީތެރިވަމުން ގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ ކުރީގައި ފަލަސްތީނުގެ ދިފާއުގައި ވާހަކަ ނުދައްކާ އެތައް މީހުންނެއް، މިހާރު އެ ޤައުމުގެ ދިފާއުގައި ވާހަކަދައްކަވަމުން ގެންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފާޅުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ.

ފަލަސްތީނަށް ދެމުން ގެންދާ ހަމަލާއަކީ ނުވަތަ އެ ހަނގުރާމައަކީ ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މައްސަލައެއް ނޫން ކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، މިއީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ މައްސަލައެއްކަމަށެވެ. މިކަމުގައި މުޅި އުއްމަތް ޝާމިލްވާންޖެހޭކަމަށެވެ. ކޮންމެ މުސްލިމެއްގެވެސް ޒިންމާއެއްކަމަށާއި، މަސްއޫލިއްޔަތެއްކަމުގައި ބަލަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދޭން ޖެހޭނެކަމަށާއި، މިއީ ދީލަތިކަމުގެ އިންތިހާއަށް ދާންޖެހޭކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ﷲ ނިޢުމަތް ދެއްވަނީ އެ ނިޢުމަތް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށްޓަކައި.

ރައީސް ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ މުސްލިމުން ކުރިމަތީގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ. މިއަދު އެކަމަށް އެހީތެރިކަން ފޯރުކޮށްނުދީފިނަމަ އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އެހެންކަމުން ހުރިހާ ވިސްނުމެއް އަދި ފިކުރެއްގެ މީހުންވެސް ޓެލެތޯންގައި ބައިވެރިވެ ފަލަސްތީނަށް އެހީވާން ޖެހޭކަމަށެވެ.

މީގެ ކުރީގައި ބޭއްވި ޓެލެތޯންތަކުގައިވެސް އެކި އެކި ފަރާތްތަކުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާފައިވާކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، އެހެން ނަމަވެސް މިއަދު މިއޮތް ޓެލެތޯންއަށް އެއަށްވުރެ ބޮޑު ތަރުހީބެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. މި އެހީގެ ތެރެއިން ފަލަސްތީނު ރައްޔިތުންގެ ދިރިއުޅުމަށް މާނަހުރި ބަދަލެއް ގެނެސްދިނުމަކީ ކުރައްވާ އުއްމީދެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއީ ރައީސްގެ އެދިވަޑައިގަތުމަށް ކުރިއަށްގެންދާ ޓެލެތޯންއެއްކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: