ރޯދަ މަހަށް ހާއްސަކޮށްގެން 3 އޭ ބިއުޓީ ސްޓޯއިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް އިއުލާން ކުރީ އެ ފިހާރައިގެ އެމްބެސެޑަރ މަޝްހޫރު ލަވަންކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް) އެވެ.
ދިވެހީންގެ މަގްބޫލުކަމާއި އިތުބާރު ހޯދައިފާ 3 އޭ ބިއުޓީ ސްޓޯރއިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް 10،000 ރުފިޔާ ލިބިގެން ދާނެ އެވެ.
ޕްރޮމޯޝަންގައި ބައިވެރިވި ކަސްޓަމަރުންގެ ތެރެއިން، ނަސީބުވެރި ފަރާތް ހޮވުމަށް ގުރުއަތު ނެގީ 3 އޭ ސްޓޯގެ ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ލައިވް ސްޓްރީމް މެދުވެރިކޮށެވެ.
10،000 ރުފިޔާގެ ފައިސާގެ އިނާމު ހޯދި ނަސީބުވެރިއަކީ ފަރާތަކީ މަރިޔަމް ޔަދްޔާއެވެ.

މާލޭގެ މަޖީދީމަގުގައި ހުރި 3 އޭ ސްޓޯރގައި ކޮރިން ޑި ފާމްގެ ސާމާނުގެ އިތުރުން، ތަފާތު ވައްތަރުގެ ސެންޓާއިމ ކުޑަކުދިންނަށް އަދި ބޮޑެތި މީހުންނަށް ޚާއްސަ ރީތިވާން ބޭނުންކުރާ ބާވަތްތަކާއި، ފާޚާނާގައި ބޭނުންކުރާ ތަކެތި ލިބެން ހުންނާނެ އެވެ.

