ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ 28 މިސްކިތެއްގެ އިތުރުން 6 ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓަރ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސަރަހައްދުގެ 28 މިސްކިތެއްގެ އިތުރުން 6 ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާ އާއި އިސްލާމިކް މިނިސްޓްރީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް މިހާތަނަށް ނިންމާފައިވަނީ މާލޭގެ އިސްލާމީ މަރުކަޒު، ކިންގ ސަލްމާން މިސްކިތް، މާފަންނު ސްޓޭޑިއަމް، ވިލިމާލޭ ބޯލަދަނޑު، ހުޅުމާލެ ފުރަތަމަ ފިޔަވެހި އަދި ދެވަނަ ފިޔަވަހީގައި ކަމަށެވެ.

ބޮޑު ޖަމާއަތުގައި ނަމާދު ކުރުމަށް ކުރަންޖެހޭ ހުރިހާ އިންތިޒާމުތައް އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިހާރު ވަނީ ކޮށް ނިމިފައިކަމަށާއި ވާރޭ ވެހިއްޖެ ހާލަތެއްގައި މާލޭގެ ހުކުރު ނަމާދު ކުރާ ބޮޑެތި މިސްކިތްތަކަށް ޖަމާއަތް ބަދަލުވެގެންދާނެ ކަމަށް މިނިސްޓްރީގެ ފަރާތުން ވިދާޅުވިއެވެ.

މީގެ އިތުރުން ނަމާދަށް އަންނަ ފަރާތްތަކުން އަމިއްލަ ފެންފުޅި އާއި މުސައްލަ ހިފައިގެން އައުމަށާއި ގެއިން ވުޟޫކޮށްގެން އައުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިނިސްޓްރީގެ ފަރާތުން ވެސް ގޮނޑީގައި ނަމާދު ކުރާ ފަރާތްތަކަށް ގޮނޑި ދޭނެ ކަމަށާއި ނަމަވެސް އަމިއްލަ އަތުގައި ގޮނޑި ހުރެއްޖެ ނަމަ ހިފައިގެން އައުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: