ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޕީޕީސީސީގެ ވައިސް ޗެއާމަން ޤައުމީ ދާރުލްއާސާރަށް ޒިޔާރަތެއް ކުރައްވައިފި

ސީ.ޕީ.ޕީ.ސީ.ސީ ގެ ވައިސް ޗެއަރމަން ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފި!
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް ( ސީ.ޕީ.ޕީ.ސީ.ސީ ) ގެ 14 ވަނަ ނޭޝަނަލް ކޮމިޓީގެ ވައިސް ޗެއަރމަން  ބޭޓަރ ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.

ވަޒީރު އާދަމް ނަސީރު އިބްރާހީމް ވަނީ މި ވަފުދަށް މަރުހަބާ ދެންނެވުމަށްފަހު، ވަފުދުގެ ބޭފުޅުންގެ އަރިހުގައި ދާރުލްއާސާރަށް ޒިޔާރަތްކުރައްވާ ދިވެހި އާސާރީ ތަކެއްޗާއި ދިވެހި ސަގާފަތާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވާފައެވެ. ޗައިނާ ސަރުކާރުގެ މި ވަފުދު ރާއްޖެއަށް ކުރެއްވި މި ރަސްމީ ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ހާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ސީނުކަރަ އާއި ދިވެހިރާއްޖެއާ ދެމެދު ވަރަށް އިހުޒަމާނުއްސުރެ ވިޔަފާރީގެ ގުޅުންތައް އުފެދިފައިވެއެވެ. މި ގުޅުމުގެ ތެރެއިން މީލާދުން 601 ވަނަ އަހަރު ދިވެހިރާއްޖޭގެ ރަސްގެފާނު ސްރީ ބަލަދީއްތަ މަހާރަދުން ސީނުކަރަޔަށް ސަފީރުން ފޮނުއްވިއެވެ. އޭގެ ފަހުންވެސް ދެފަހަރެއްގެމަތީން ދިވެހިރާއްޖެ އާއި ސީނުކަރައާ ދެމެދު ރަޙުމަތްތެރިކަމުގެ ގުޅުން އާލާކުރެވިފައިވެއެވެ.

އިންޑިއާ ކަނޑުން ވިޔަފާރީގެ ބޭނުމަށް ސީނުކަރައިގެ ލިޔުންތަކުގައި ދިވެހިރާއްޖެއަށް ދީފައިވާ ނަމަކީ “މޮ-ލައި” އެވެ. މި ދަންނަވާ ލިޔުންތަކުން، އެނގޭ ގޮތުގައި ސީނުކަރައިން “ ސިލްކާ ބާދަލާ “ އާއި ތަށި ފަދަ ތަކެތި ރާއްޖެއަށް އެތެރެކުރާއިރު، ރާއްޖެއިން ހިކި މަހާއި، ކާއްޓާ ބޮއްޔާ މާވަހަރާއި ރޯނާއި އަދި ފޭރާންފަދަ ތަކެތި ރާއްޖެއިން ބޭރު ކުރެއެވެ.

ފެންނަން ހުރި މިފަދަ ތާރީޚީ ހެކިތަކަށް ބަލާއިރު، ޗައިނާ އާއި ދިވެހިރާއްޖެއަކީ ވަރަށް ދުރު މާޒީއެއް އޮތް ދެ ޤައުމެވެ. އަދި މި ދިގު މާޒީއާ ގުޅޭ އަގުހުރި ބައެއް އާސާރީ ތަކެތި ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގައި މިއަދު ވެސް ފެންނަން ހުރިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: