ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ށ. ކަނޑިތީމުގައި ސަގާފީ މަރުކަޒެއް ހުޅުވުމުން ވަޒީރުގެ މަރުޙަބާ

ށ. ކަނޑިތީމުގައި ސަގާފީ މަރުކަޒެއް ހުޅުވުމުން ވަޒީރުގެ މަރުޙަބާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމުގައި ސަގާފީ މަރުކަޒެއް ހުޅުވުމާ ގުޅިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މަރުހަބާ ވިދާޅުވެއްޖެއެވެ.

ށ. ކަނޑިތީމުގައި ”ކަނޑިސާރު“ ގެ ނަމުގައި ސަގާފީ މަރުކަޒެއް ހުޅުވުމުން ކަނޑިތީމު ކައުންސިލްގެ ރައީސް އަޙްމަދު އަޙްސަންއަށް ވަޒީރު ފޯނުން ގުޅުއްވައި ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ކައުންސިލްގެ ރައީސްއާއި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ތަރިކައިގެ ތެރޭގައި ހިމެނޭ ހުރިހާ ބައިތަކަކަށް ވެސް ސަމާލުކަން ދިނުން މުހިންމު ކަމަށާއި އަދި ކަނޑިތީމުގައި މާއްދީ ތަރިކަތަކެއް ހުރި ފަދައިން މާނަވީ ތަރިކަތަކެއް ވެސް ހުންނާނެ ކަމަށެވެ. އަދި މާއްދީ ތަރިކަ ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ބީދައިން މާނަވީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި އެ މަސައްކަތުގައި ވުޒާރާގެ ފަރާތުން ވެދެއްވެން އޮތް ކޮންމެ އެހީއެއް ވެދެއްވާނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރާއި މުޙާތަބުކޮށް ކައުންސިލްގެ ރައީސް އަޙްސަން ވިދާޅުވީ، އެ މަސައްކަތަކީ މީގެ 5 ވަރަކަށް އަހަރު ކުރީއްސުރެ ކުރަމުން އައިސްފައިވާ މަސައްކަތެއް ކަމަށެވެ. އަދި އެންމެ ފުރަތަމަ އެ ތަކެތި ބެހެއްޓިފައިވަނީ ބޭސް ފިހާރައެއް ހިންގި ތަނެއްގައި ނަމަވެސް ފަހުން ސަގާފީ މަރުކަޒު ތަރައްގީ ކުރުމަށް ކުރެވުނު މަސައްކަތުގެތެރެއިން، އުވާލާފައިވާ އިހުގެ އަންހެނުންގެ މިސްކިތަށް އެ ތަކެތި މިސްކިތުގެ އަސްލު ނުގެއްލޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކަނޑިތީމުގެ ކައުންސިލްގެ ރައީސް ވިދާޅުވީ، ކަނޑިތީމުގައި ސަގާފީ މަރުކަޒެއް ހެދުމުގެ މަސައްކަތަކީ އެ ރަށުގެ ޒުވާނުންގެ އިސްނެގުމާއެކު ފެށުނު މަސައްކަތެއް ކަމަށާއި، އެކަމުގެ ބޭނުމަކީ ރަށުގެ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކަމާއެކު ފެންނާނެ ގޮތަށް ބެހެއްޓުން ކަމަށެވެ. ތަރިކަ ހިމާޔަތް ކުރުމުގެ މަސައްކަތަކީ ކައުންސިލްގެ ޒިންމާގެ ތެރޭގައިވެސް ހިމެނޭ ކަމަކަށްވުމާއެކު، އެ މަސައްކަތަށް ކައުންސިލުން އަބަދުވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވަވަމުން ގެންދަވާކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: