ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުފުއްޓަކީ އަމިއްލަވަންތަ ބަައެއް ދިރއުޅޭ ތަނެއް: މޭޔަރ

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ކުޅުދުފުއްޓަކީ ޒަމާނުއްސުރެ ވަރަށް އަމިއްލަވަންތަ ބައެއް ދިރިއުޅެމުން އަންނަ ރަށެއް ކަމަށް ކުޅުދުފުށީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އީދުގެ މުނާސަބަތުގައި ދެއްވި އިންޓަވިއުއެއްގައި މޭޔަރ ވިދާޅުވީ، ކުޅުދުފުށީގެ ރައްޔިތުންނަކީ ވިޔަފާރި ނުވަތަ މަސައްކަތްތެރި ކަމުގައި ކުރި އަރާފައިވާ ރަށެއް ކަމަށެވެ. އަދި ގިނަ އަދަދެއްގެ މަސައްކަތްތެރިން ކުޅުދުފުށިން ލިބޭ ކަމަށާއި، މިހާރު ރާއްޖޭގެ ގިނަ ރަށްރަށުގައި ހާއްސަކޮށް، ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ދިވެހިން މަދުވިނަމަވެސް ކުޅުދުފުށީގައި އަދިވެސް އެ މަސައްކަތްކުރާ ގިނަބަޔަކު ތިބިކަން މޭޔަރ ފާހަގަ ކުރެއްވިއެވެ.

“ އާންމުކޮށް އަޅުގަނޑުމެން ކުޑައިރުވެސް ހަނދާނަވޭ، ބޮޑުބައްތެލި ކިޔާ ބައްތެލިއެއް ސިދާ ބޭރުން މުދާ ހިފައިގެން ކުޅުދުފުށިއަށް އާދެ..އެގޮތަށް ކުޅުދުފުށި ހަބެއްގެ ގޮތުގައި އޮވެފައި މުޅިމި ބޮޑު ތިލަދުންމަތީގެ ރަށްޔިތުން ބަރޯސާވާ މައި މަރުކަޒަކީ ވެސް ކުޅުދުފުށި،  “ މޭޔަރ ވިދާޅުވިއެވެ،

މީގެ އިތުރުން، މޭޔަރ ވިދާޅުވީ، ބޮޑު ތިލަދުންމަތީގެ ރަށްޔިތުން ބަރޯސާވާ މައި މަރުކަޒަކީ ކުޅުދުފުށި ކަމަށް ވުމާއެކު ރަށުގައި ދިރުޅޭ އާބާދީގެ އަދަދު 13،000 އާއި 14،000 ގާތްކުރި ނަމަވެސް މިހާރު އާރުޓީއެލް ފެރީގެ ނެޓްވޯކް އާއިއެކު ރަށަށް އަރައި ފައިބާ މީހުންގެ އަދަދު 500 އާއި 700 ދޭތެރޭ އަދަދަކަށް އަރާކަމަށެެވެ.

“ އެއީ ކުޅުދުފުށި ލައިވްލީ ވުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާ ފަރާތްތަކެކޭ ޙާއްސަކޮށް ، އަޅުގަނޑުމެންގެ އަވަށްޓެރި ރަށްރަށުގެ ރައްޔިތުން ، ތިން އަތޮޅުގައި ގާތްގަނޑަކަށް 70 ހާސް ވަރަކަށް އާބާދީ އަކާއި ކަނެކްޓް ވެފައި އަޅުގަނޑުމެން މި އޮންނަނީ “ މޭޔަރ ފާހަގަކުރެއްވިއެވެ.

އެހެން ރަށްރަށާއި އަޅައި ބަލާއިރު ކުޅުދުފުށީގައި ސަރުކާރުގެ ގިނަ ޙިދުމަތްތަކެއް ލިބެން ހުންނަކަމަށާއި ޙާއްސަކޮށް ކުޅުދުފުށި ރީޖަނަލް ހޮސްޕިޓަލްއަކީ މާލެ ސަރަހައްދުގައިހުރި ހޮސްޕިޓަލްތައް ފިޔަވައި އެންމެ ގިނަ ޕޭޝަންޓުން ބޭނުންކުރާ ހޮސްޕިޓަލް ކަމަށް މޭޔަރ ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން 2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު ( އެއްލައްކަ ވިހި ހާސް ) މީހުން އެ އަހަރުުގެ އޯޕީޑީގައި ޑޮކްޓަރަށް ދައްކައިފައި ހުރި ކަމަށާއި އަދި މާލެ ހޮސްޕިޓަލްތައް ފިޔަވައި، އެއަދަދާއި ގާތްކުރާ އިތުރު ހޮސްޕިޓަލެއްނެތްކަން ވަނީ ފާހަގަކޮށްފައެވެ. މޭޔަރ ވިދާޅުވީ، ތަނެއް ތަރައްޤީ ވެގެން ދިޔުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ފަރާތްތަކީ ހަޤީޤަތުގައި އެތަނެއްގައި ދިރިއުޅޭ ރައްޔިތުން ކަމަށެވެ. އެކަން ކުޅުދުއްފުށިން ފެނިގެންދާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: