މުޅި ރާއްޖޭގައިވެސް އަލަށް ޑީވޯޓަރިންގެ ޕަންޕް އަޅަނީ ހދ. ކުޅުދުފުށީގައި ކަމަށް ކުޅުދުފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ އީދު ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ވިދާޅުވީ، ކުޅުދުފުށީގައި މަގު ހެދުމުގެ ދެ ޕްރޮޖެކްޓެއް ކުރިއަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ރޯޑުފޭސް 1 ގެ މަސައްކަތް މިހާރު ނިމިފައިވާރު ރޯޑުފޭސް 2 ގެ މަސައްކަތް 2 އަހަރު ދުވަހުގެ ހުއްޓުމަކަށްފަހު އަނެއްކާވެސް ފަށައިފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ.
މޭޔަރ ވިދާޅުވީ، ރޯޑުފޭސް 2 ގެ މަސައްކަތްތައް ލަސްވުމުގައި ފާހަގަކޮށްލެވޭ މުހިންމު އެއް ކަމަކީ މަގުތައް ރަނގަޅު ގޮތެއްގައި ދިގު މުއްދަތަކަށް ނިންމުން ކަމަށެވެ. އެގޮތުން ކުރީގައި ހެދިފައިހުރި މަގުތަކުގެ ތަޖުރިބާއަށް ބަލާއިރު، ރަނގަޅު ސްޓޯމް ވޯޓާރ ސިސްޓަމެއް ނެތުމުގެ ސަބަބުން ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެން ހެދިގެން ދިޔަކަމަށް މޭޔަރ ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިފަހަރު މި ޕްރޮޖެކްޓް ފެށުނުއިރު ރަނގަޅު ސްޓޯމް ވޯޓާ ސިސްޓަމެއް ހަރުކުރެވިގެންދާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.
”ޑީވޯޓަރިންގެ ނިޒާމު މުޅި ރާއްޖޭގައިވެސް އަލަށް ކުޅުދުފުށީގައި އަލަށް ކުޅުދުފުށީގައި އެ އަޅަނީ ޑީވޯޓަރިންގެ ހިދުމަތް، އިނގި ވަޑައިގަތްނަވާމެ ތިބޭފުޅުންނަށް މާލެ، ފެނި ވަޑައިގަންނަވާނެ ޕޭމެންޓްމަތީގައި ، ބައިވަރު ނޫކުލައިގެ ހޮޅިތަކެއް އޮންނާނެ ، އެއީ އުސްކޮށް އިމާރާތްކުރާ ފަރާތްތަކުން ފެން އެތަނުން ޑީވޯޓަރ ކުރަންވެގެން ގުޅާ ހޮޅިތައް، އެހެން ނަމަވެސް ކުޅުދުފުށީގައި މިފަހަރު މަގު ހަދާއިރު މިލަނީ މަގުގެ ދަށަށް އެ ހޮޅިތައް، ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ކުލުދުފުށީގައި ދިމާއެއް ނުވާނެ “ މޭޔަރ ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރ ވިދާޅުވީ، ފަޔަރ ހައިޑްރެންޓް ނެޓްވޯކް އެއްވެސް މުޅި ޕްރޮޖެކްޓްގެ ތެރެއިން އަޅަމުންދާކަމަށާއި މިހާރު ކުރިއަށްދަނީ އެ ފޭސްގެ މަސައްކަތް ކަމަށެވެ. ކުޅުދުފުށީގެ ރޯޑުފޭސް 2 ނިމުމާއި އެކު ރޯޑުފޭސް 3 ގެ ޙިދުމަތް ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މޭޔަރ ވަނީ ފާހަގަކޮށްފައެވެ.

