ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭގެ މާރާމާރީ މައްސަލައިގައި ހައްޔަރު ކުރި މީހުން ތަހުގީގު ނިމެންދެން ބަންދަށް

މާލޭގެ މަގުމަތީ ފުލުހުން ހަރަކާތްތެރި ވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ރޭ ހިންގި މާރާމާރީގެ މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން ވެސް ތަހުގީގު ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފި އެވެ.

ރޭ 10:30 ހާއިރު ދަރުބާރުގޭ ކައިރީގައި ހިނގި މާރާމާރީގައި އެކަކަކަށް ވަނީ އނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ.

މި މައްސަލައިގައި ރޭ ދެ މީހަކު ހައްޔަރު ކުރުމަށް ފަހު، ތުހުމަތު ކުރެވޭ އިތުރު ދެ މީހަކު ހައްޔަރު ކުރީ އޭގެ ފަހުންނެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ރޭ ހިނގި މާރާމާރީއަށް ފަހު، މިއަދު ހެނދުނު ވެސް ހެންވޭރުގައި އިތުރު މާރާމާރީއެއް ހިނގި އެވެ. އަދި ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ފިލިގަސް މަގުގައި މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން އެ ސަރަހައްދަށް ދިއުމުން މާރާމާރީ ހިންގި މީހާ އެ ސަރަހައްދުގައި އޮތް ކާރަކަށް އަރައި ފިލަން މަސައްކަތް ކުރި ކަމަށެވެ. އަދި ކާރު ހުއްޓުވުމަށް މަސައްކަތް ކުރުމުން، ފުލުސް އޮފިސަރެއްގެ ގައިގައި ޖެއްސުމަށް ފަހު ކާރުގައި ތިބި މީހުން ފިލާފައިވާކަމަށެވެ.

ފުލުހުން ވަނީ މި މާރާމާރީގައި ޝާމިލުވި އެކަކު ހައްޔަރުކޮށްފަ އެވެ. އަދި ދެން ހިމެނޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފަ އެވެ.

މިއަދު ހިނގި މަރާމާރީތަކާއި، ރޭގެ މާރާމާރީއާއި ގުޅުމެއްވާކަން އަދި ސާފެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: