ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ހަމައެއް ނެތި މީގެ ދިހަ މަސް ކުރިން 434 ކުށްވެރިން ވަނީ ދޫކޮށްފައި: ޝިފާން

ލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިރަށް މާލޭގައި ކުށްކުރުން އިތުރުވެ، މާރާމާރީގެ މައްސަލަތައް ފެންމަތިވެފައި ވަނީ އެއްވެސް ހަމައެއް އުސޫލެއް ނެތި ކުށްވެރިންގެ ތެރެއިން ގިނަ ބަޔަކު ދޫކޮށްލާފައި ވާތީކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

މާލޭގައި ކުށްވެރިންގެ ބޮޑު ނެޓުވޯކެއް އުފެދި، މަސްތުވާތަކެތި ބޭނުންކޮށް އެ ވިއްކުމާއި ވައްކަން ކުރުން އިތުރުވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ. އަދި މާރުކޭޓު ސަރަހައްދުގައި ވަގަށް ނަގާފައިވާ ތަކެތި ވިއްކުމާއި، ގޭގެއިން ވައްކަންކޮށް އަގުބޮޑެތި އިލެކްޓްރޯނިކް ސާމާނާއި ފޯނުތައް ކުޑައަގެއްގައި ބިދޭސީންނަށް ވިއްކަމުން ދާކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

މި މައްސަލައިގައި ފުލުހުންނަށް އެއްވެސް ފިޔަވަޅެއް ނޭޅޭކަމަށް މީޑީއާއަކުން ގެނެސްފައިވާ ރިޕޯޓެއްގެ ނޫސްވެރިންގެ ގުރޫޕަށް ހިއްސާކޮށް ފުލުހުންގެ ތަރުޖަމާނުކަން ވެސް ކުރައްވާ ޝިފާން ވިދާޅުވީ މާލޭގައި ކުށް ކުރުން އިތުރުވެފައިވާކަމަށެވެ. އަދި އެކަމުގައި ދެބަސްވުމެއް ނެތްކަމަށާއި، ކުށްކުރުން މުޖްތަމައުގެ ތެރޭގައި އިތުރުވީ މީގެ 10 މަސް ކުރިން 434 ކުށްވެރިއަކު އެއްވެސް ހަމައެއް ނެތި ދޫކޮށްލުންކަމަށް ޝިފާން ވިދާޅުވި އެވެ.

ޝިފާން އެ އިޝާރާތް ކުރައްވާ މުއްދަތު ދިމާވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއާއި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުނު ދުވަސްވަރަށެވެ. އޭރު ވެސް މީޑީއާތަކާއި، ސިޔާސީ އެކި ޕާޓީތަކުން ވަނީ އިންތިހާބާއި ދިމާކޮށް ވޯޓު ހޯދުމުގެ ބޭނުމުގައި ނުރައްކާތެރި ކުށްވެރިން ދޫކުރިކަމުގެ ތުހުމަތުވެސްކޮށްފަ އެވެ. އަދި ބައެއް ބޮޑެތި މައްސަލަތަކުގައި ޖަލު ހުކުމް އިއްވާފައިވާ މީހުންގެ އަދަބު ލުއިކޮށްދީ، މައާފުދީފައިވާކަން މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައެވެ.

މި މައްސަލައިގައި ޝިފާން ވިދާޅުވީ، ފުލުހުންގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ވަރުގަދަ ކުރުމަށް މިދިޔަ އަހަރުތަކުގައި އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތް ކަމަށެވެ. އެހެންކަމުން ގިނަ ދަތިތައް ދިމާވާއިރު، މައްސަލަތައް ހައްލު ކުރުމަށް ވެސް ގޮންޖެހުންތަކާއި ދިމާވަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ދާދިފަހުން ފުލުހުން ވަނީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ކުށްކުރުން އިތުރުވެފައިވާކަމަށް މައުލޫމާތުދީފަ އެވެ. އޭގެ ތެރޭގައި ބޮޑެތި ސްކޭމްގެ މައްސަލަތައް ހިމެނޭއިރު ވެހިކަލްތައް ވަގަށް ނެގުން ވެސް ހިމެނެ އެވެ.

މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަކި ބަޔަކަށް ނޫނީ އެކްސެސް ނެތްތަނަކުން ކާރެއް ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އޮޅުވާލައިގެން މީހުން ހިޔާ ފްލެޓުތަކަށް ގެންގޮސް ބްލެކްމެއިލް ކުރާ މައްސަލައިގައި ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފަ އެވެ. ހިޔާ ފްލެޓުގައި ނޫނަސް، އޮޅުވާލައިގެން މީހުން އެޕާޓްމަންޓުތަކަށް ގެންގޮސް ބަރަހަނާ ކުރުމަށް ފަހު ފައިސާއަށް ޑިމާންޑު ކުރާ މައްސަލަތަކެއް ވެސް ދަނީ ދައުރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: