ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެންޓުގެ ޖާގަ ތަނަވަސް ކުރުމަށް ހަރަދުތައް ކުރަން ޖެހޭ، ހިދުމަތަށް އިސްކަން ދީ މައްސަލަ ހައްލު ކުރާނަން: ޝަކީލް

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަކީލް'
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ހައްޖުގައި ދިމާވި މައްސަލަތަކާއި، ފާހަގަކުރެވުނު ޝަކުވާތައް ދެނެގަނެ އެކަން ހައްލު ކުރާނެކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަކީލް ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ހައްޖަށް ދިޔަ ދިވެހިންނަށް ހަމަޖައްސާފައިވާ، އިންތިޒާމުތައް ދަށްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވީޑިއޯ އަދި ފޮޓޯތައް ވެސް ދައުރުވަމުންނެވެ. އެގޮތުން ޓެންޓުތަކުގައި އިތުރު އެއްވެސް ޖާގައެއް ނެތި، ފިތި ބާރުވެގެން ހައްޖާޖީން ތިބެން ޖެހިފައިވާކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވޭއިރު، ޝަކީލް ވިދާޅުވީ އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި ލިބިފައި ވަނީ މިނާގެ ޓެންޓުތަކުގައި ޖާގައިގެ ދަތިކަން ދިމާވުން ކަމަށެވެ. އެހެންކަމުން ޖާގަ ތަނަވަސްކޮށް ދިނުމުގެ ގޮތުން، އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަނެ އިތުރަށް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މަޝްވަރާ ކުރަމުންދާކަމަށް ޝަކީލް ވިދާޅުވި އެވެ.

ޝަކީލް ވިދާޅުވި ގޮތުގައި، ޖާގަ އިތުތަށް ތަނަވަސް ކުރެވެން އޮތް އެއްގޮތަކީ ހަރަދުތައް ކުރުމެވެ. އެހެން ނަމަވެސް ހައްޖު ކޯޕަރޭޝަނާއި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ހައްޖުވެރިންނަށް ދިމާވެދާނެކަމަށް ބެލެވޭ ދަތިތައް ހައްލުކޮށް ވީހާވެސް ރަނގަޅު ހިދުމަތެއް ދިނުންކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު ފާހަގަކޮށްލާނަން، ބައެއް ކަންބޮޑުވުންތަކެއް އައި.. އެންމެ ބޮޑު ކަންބޮޑުވުމަކަށް މިއައީ މިނާގެ ޓެންޓުތަކުގައި ޖާގަ ކުޑަވުމުގެ މައްސަލަ.. ދެން ހަމަ އެ ކަންބޮޑުވުމާ އެއްކޮށް ކުރިޔަށް އޮތް ތަނުގައި އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތައް އެބަހުރި ޖާގަ ތަނަވަސްކޮށްދިނުމަށްޓަކައި.. ދެން ޖާގަ އިތުރަށް ތަނަވަސް ކުރެވެން މި އޮންނަނީ ހަރަދުތަކެއް ވެސް ކޮށްގެން.. އެހެން ނަމަވެސް އަޅުގަނޑުމެން ކޯޕަރޭޝަން އަބަދުވެސް އިސްކަން ދޭނީ، ހިދުމަތްތަކަށް..

ހައްޖަށް ދިޔަ ދިވެހިންގެ އިންތިޒާމުތައް ގޯސްކަމަށް ބުނެ ވާހަކަ ދެކެވޭއިރު، ސަރުކާރާއި ގުޅުން ހުރި ނުވަތަ އިސް ބައެއް ބޭފުޅުންގެ ވެސް މިނާގައި ތިއްބެވި ފޮޓޯތަކެއް ދައުރުވި އެވެ. އަދި ގިނަ ބަޔަކު ވަނީ އެ މީހުންނަށް ހައްޖަށް ދިއުމަށް ޖާގަ ލިބުނީ ކިހިނެއްތޯ ސުވާލު އުފައްދާފަ އެވެ.

ދިވެހި ސަރުކާރާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މި އަހަރު ހައްޖުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށެވެ. އެކަން ފާހަގަކޮށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހައްޖުގެ އެހެނިގެން މަޝާއިރުތައް އަދާކުރުމަށް ހައްޖު ކޯޕަރޭޝަނުން ހަމަޖެއްސި އިންތިޒާމުތައް ފުރިހަމަ ކަމަށެވެ. އަދި ރާއްޖޭގެ ހައްޖު މިޝަނުން ހައްޖުގެ ކަންކަން ގާތުން ބަލަމުން ގެންދާކަމަށް ވެސް ވިދާޅުވި އެވެ.

މި އަހަރު ސައުދީން ރަސްމީކޮށް ރާއްޖެއަށް ދީފައި ވަނީ 1000 ކޯޓާ އެވެ. އޭގެ އިތުރަށް ފަހުން ދީފައި ވަނީ 115 ކޯޓާ އެވެ.

ވަރަށް ގަދަ
55%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 45%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: