ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ރަޝިއާ އަދި ހުޅަނގު ދެމެދު މައްސަލަ އިތުރަށް ގޯސްވެ 3 ވަނަ ބޮޑު ހަނގުރާމަ ފެށިގެންދާނެކަމަށް ސާރބިއާގެ ރައީސް އެލެކްސެންޑާރ ވޫޗިޗް ވިދާޅުވެއްޖެއެވެ.
މަސްރަހު ދިރާސާ ކުރާ އެކި ފަރާތްތަކުން ހަނގުރާމައިގެ އިންޒާރުތައް ދެމުންދާއިރު، ބައިނަލްއަގުވާމީ މީޑިއާތަކުންވަނީ ސާރބިއާގެ ރައީސްގެ ފަރާތުންވެސް އެކަމުގެ އިންޒާރުތަކެއް ލިބިފައިވާކަން ފާޙަގަކޮށްފައެވެ. އެގޮތުން އެމެރިކާ ރަޝިއާ ދެމެދު މައްސަލަތައް އިތުރަށް ގޯސްވެގެން ގޮސް ތިން މަސް ދުވަހާއި ގާތް މުއްދަތެއްގެ ތެރޭގައި ފެށޭނެކަމަށް ވޫޗިޗް ވިދާޅުވިއެވެ.
މި އިންޒާރު ދެއްވުމުގެ ކުރިން ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިންވެސް ވަނީ މިފަދަ ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން ހުޅަނގުގެ ގައުމުތަކަށް ދެއްވި މެސެޖެއްގައި ޕުޓިންވަނީ އެނާއަށް ކަންނަން އަނބުރާ ނުގެންދެވޭ ހިސާބާއި ގާތަށް ގޮސްފައިވާކަމަށް ހިއްސާކުރައްވާފައިކަން މީޑިއާތަކުން ފާހަގަކުރެއެވެ.
ވޫޗިޗް މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި މައުލޫމާތު ދެއްވިގޮތުން ސާބިއާގެ އޮފިޝަލުންނަށްވަނީ ތެލާއި ގޮދަނުގެ ބާވަތްތަކުގެ އިތުރުން ހަކުރު ހުރި މިންވަރު ބެލުމަށް އަންގާފައިކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ މައިދާނށް އަންނަމުންދާ ލޮޅުންތަކާއި ކުރިމަތިވަމުންދާ ނުރައްކާތަކުގެ ސަބަބުން އަޅާފައިވާ ރައްކައުތެރިކަމުގެ ފިޔަވަޅެއްކަމަށްވެސް ބުނެފައިވެއެވެ.
ތިން ވަނަ ބޮޑު ހަނގުރާމައެއް ފެށިގެންދިއުމާއި ގުޅޭގޮތުންވެސް އޭނާވަނީ ވާހަކަދައްކަވާފައެވެ. ވޫޗިޗް ވިދާޅުވީ، ހަނގުރާމަ ފެށިގެންދިއުން އޮތީ މާ ދުރުގައި ކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، 3 މަސް ދުވަހަށްވުރެ ދިގު މުއްދަތެއް ނެތްކަމަށާއި އޭގެ ކުރިންވެސް ފެށިގެންދިއުމުގެ ނުރައްކާތައް އޮތްކަމަށެވެ.
އޭނާ ވިދާޅުވީ، ދުނިޔެ މިއޮތީ ބޮޑު ކާރިސާއެއް ކުރިމަތިވުމާއި ގާތުގައިކަމަށެވެ. އަދި އެތައް މިލިއަން ބަޔަކު ގެއްލިގެންދިއުމަށް ތައްޔާރުތޯ ސުވާލުކުރައްވާ އޭނާވަނީ ސާބިއާ ހަނގުރާމައިގެ ތެރޭގައި ޝާމިލުނުކުރާނެކަމަށް ހާމަކުރައްވާފައެވެ.

