އައްޑޫގެ މަސްވެރިން ހުޅުދޫ މީދުގައި ހަދައިފައިވާ މަސް ފެކްޓްރީގައި ކުރަމުންދާ އިހުތިޖާޖަކީ އެއްވެސް ގޮތަކަށް ގާބޫލު ކުރާ ކަމެއް ނޫންކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަގަހަ ”ހައުސް އޮފް ޕީއެންސީ“ ހުޅުވުމުގެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ މި ސަރުކާރުން 8 މަސް ތެރޭގައި 800 މިލިއަން ދައްކައިފައި ވާކަމަށާއި އެހެންކަމުން ކޮންމެ މަހަކަށް 100 މިލިއަނުން ލާރިދައްކާ ހަލާސްކޮށްފައިވާކަމަށެވެ.
ރާއްޖޭގެ މަސްވެރިންނާއި އައްޑޫގެ މަސްވެރިންނަށް މިއަދާއި ހަމައަށް ޖެހިފައިވާ ތަކުލީފާއި ނިކަމެތި ކަމަކީ ހަމައެކަނި މިއަދު ދިމާވެގެން އުޅޭކަމެއް ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ.
”މަސްވެރިކަމުން އެންމެ ބޮޑު ނަފާއެއްލިބޭ އެކެއްގެ ހައިސިއްޔަތުން މަސްވެރިންގެ ވިންދާއި އިހުސާސް އެންމެ ރަނގަޅަށް އެނގޭ އެކަކަށް ވާތީވެ އަޅުގަނޑުވެސް ދެރަވަން. މަސްވެރިންނަށް މިއަދު ދިމާވެފައިމިވާ ހިއްދަތި ކަމާއި މަސްވެރިންގެ އާއިލާ ތަހައްމަލި ކުރަމުންދާ ދަތި ވޭންތައް. އެހެންނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ނިމިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދެނަވަ ބުރުގައި އެންމެ ފަހު ވަގުތު 25ރ އަށް އުފުލާފައި މިއަދުގެ މި ސަރުކާރު ހުރިހާ ބުރައެއް އުފުލަން ޖެހޭހޮތަށް އެންމެ ލާރިއެއްވެސް ދޫ ނުކޮށް އެމީހުން އެދިޔައީ“
ޝާހިދު ވިދާޅުވީ އިންތިގާލީ މަރުހަލާގައިވެސް ނިމިދިޔަ ސަރުކާރުން ކަންތައް ކުރެއްވީ ވަރަށް އިހާނެތިކޮށް ހިތު ހުރި ގޮތަކަށް ކަމަށެވެ. 250 މިލިއަން ރުފިޔާގެ ބުރަ އުފުލައިގެން އައި ސަރުކާރެއް ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އައްޑޫގެ މަސްވެރިން ހުޅުދޫ މީދުގައި ހަދައިފައިވާ މަސް ފެކްޓްރީގައި ކުރަމުންދާ އިހުތިޖާޖަކީ އެއްވެސް ގޮތަކަށް ގާބޫލު ގަބޫލު ކުރުމެއް ނޫން ކަމަށާއި އެކަމުގެ ސަބަބަބަކީ އީދު ބަންދުގެ ކުރިންވެސް އައްޑޫގެ މަސްވެރިންނަށްށާއި މުޅި ރާއްޖޭގެ މަސްވެރިންނަށް މިފްކޯއިން ވަނީ ފައިސާ ދޫކޮށްފައިވުުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ފައިސާ ދޫކުރުން ޖެހޭ އަދަދަށް ބަލާއިރު މިހާރު އިނީ ވަރަށް ކުޑަ އަދަދެއް ކަމަށާއި، ސަރުކާރުން ދަނީ މި ބަންދު އައުމުގެ ކުރީގައިވެސް އަދި މިހާރުވެސް ފައިސާ މަސްވެރިންނަށް ދެވޭނެ ހުރިހާ އިންތިޒާމު ތަކެއް ހަމަޖައްސަމުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
އައްޑޫއަށްޓަކައި މި ސަރުކާރުން ވަރަށް ގިނަ ވައުދުތަކެއް ވެފައިވާކަމަށާއި އެހެންނަމަވެސް އެއީ ހަމައެކަނި ދައްކާލި ވާހަހަކަ ތަކެއް ނުވަތަ ނުވަފެންތަކެއް ނޫން ކަމަށެވެ. ރައީސް މުއިއްޒު ވަނީ މުޅިރާއްޖެއަށް ވެވަޑައިގެން ވައުދުތަކާއި އަދި ހާއްސަކޮށް އައްޑޫއަށްވީ ވައުދުތައްވެސް ފޮތެއްގައި ލިޔުއްވާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

