ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިނާއީ އަދުލުގެ ނިޒާމުގެ މަޝްވަރާއާއި މައުލޫމާތުތައް ދިނުމަށް ޕީޖީ ކޮމިޓީއަށް ހާޒިރު ވަނީ!

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ އަދުލުގެ ނިޒާމުގެ މައޫލޫމާތުތައް ހިއްސާ ކުރުމަށް، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްގެ އެދުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފި އެވެ.

ދާދި ފަހުން ޕީޖީ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި ޖިނާއީ އަދުލުގެ ނިޒާމުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ބޭނުންވާކަން ހާމަކޮށްފަ އެވެ. ޕީޖީގެ ސިޓީގައި ވާގޮތުން، ބޭނުން ވަނީ އެ ނިޒާމާ ގުޅޭގޮތުން މެމްބަރުންގެ ހިޔާލުތައް ހުރި ގޮތް ދެނެގަތުމަށެވެ.

ޕީޖީގެ ސިޓީގައި ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު ބައްޓަން ކުރުމަށް ބޭނުންވާ ގޮތާއި، ތަސައްވުރަށް ވާސިލުވުމަށް ޕީޖީ އޮފީހުން ކުރެވޭނެ ކަންތަކާ ގުޅޭގޮތުން މައުލޫމާތު ބަދަލު ކުރުން މުހިންމުކަމަށް ދެކޭކަމަށެވެ. އަދި ޝަރުއީ ނިޒާމުގެ އިސްލާހަށް މަސައްކަތް ކުރުމުގައި، ޖިނާއީ އަދުލުގެ ނިޒާމު މިހާރު އޮތް ހިސާބާއި ކަންކަން ރަނގަޅު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަންނަން ޖެހޭކަމަށް ޝަމީމް ވިދާޅުވެފައި ވެއެވެ.

ސިޓީއާއި ގުޅޭ މަޝްވަރާތައް ކުރުމަށް ފަހު، ކޮމިޓީގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ޕީޖީއަށް ފުރުސަތު ދީ ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

ކޮމިޓީއަށް ހާޒިރުވެ، ޖިނާއީ އަދުލުގެ ނިޒާމުގެ މައުލޫމާތުތައް ހިއްސާ ކުރުމުގެ ފުރުސަތަކަށް ޝަމީމް އެދިވަޑައިގެންނެވި އިރު ޕީޖީގެ މަސްއޫލިއްޔަތުތައް ގާނޫނުއަސާސީގެ 223 ވަނަ މާއްދާގައި ބަޔާން ގޮތުގެ މަތީން ޖިނާއީ ކުށްތަކާ ގުޅިގެން ދިވެހިރާއްޖޭގައި ކުރާ އެންމެހައި ދަޢުވާތަކާބެހޭ ކަންކަން ބެލެހެއްޓުމަކީ އެ އޮފީހުގެ ޒިންމާއެކެވެ. އަދި ތަހުގީގު ކުރާ އެކި އިދާރާތްތަކުން ހުށަހަޅާ ހެއްކާއި ގަރީނާ ވަޒަންކޮށް ދައުވާއެއް އުފުލަން ޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުން ހިމެނެ އެވެ.

މީގެއިތުރުން ނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ޙުކުމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކުރަން ހުށަހެޅުމާއި، ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރުމުގެ އެންމެހާ އުސޫލުތައް ކަނޑައެޅުން އަދި ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ގާނޫނާއި، އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމުގެ މަސްއޫލިއްޔަތު މަތިކޮށްފައި ވަނީ ވެސް ޕްރޮސެކިއުޓަރ ޖެނެރަލްއަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި، މެމްބަރުން ވަނީ ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިތައް ހައްލު ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) މެމްބަރުންނާ ބައްދަލު ކުރުމަށް ނިންމާފަ އެވެ. އަދި ޖާގައިގެ މައްސަލައިގެ މަޝްވަރާއަށް ކްރިމިނަލް ކޯޓުގެ އިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ވެސް ބައްދަލުވު ކުރުމަށް ނިންމާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: