ފޮރިން މިނިސްޓަރ މޫސާ ޒަމީރު އެމެރިކާގެ ސެކްޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިކްކެންއާ އާއި ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރ ޒަމީރާއި ސެކްރެޓަރީ ބަލިންކެންވަނީ ރާއްޖެއާއި އެމެރިކާގެ ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާތަކެއްކޮށްފައެވެ. ބްލިންކަން އާ އެކުގައި ބޭއްވި ބައްދަލުވުމުގައި ރާއްޖެ އިން އެމެރިކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލް ޣަފޫރު މުހައްމަދާއި ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސެއިން ޝިހާބާއި ކައުންސިލާ ޒީނާ ދީދީ އަދި ސެކަންޑް ސެކްރެޓަރީ އިބްރާހިމް ހާއިލް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްވަރާގެ ތެރެއިން ދިފާއީ އަދި ސަލާމަތީ އެއްބާރުލުން ދިނުމާއި، ޑިމޮކްރަސީ ކުރިއެރުވުމާއި ހަރުދަނާކުރެއްވުމަށް ވަނީ އަލިއަޅުވައިލައްވައިފަ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމާއި ބެހޭ ގޮތުންވެސް ވަނީ މަޝްވަރާތަކެއްކޮށް ފައެވެ. އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އިން އަޑު އުފުލަމުންދާތީ އެކަން ފާހަގަކޮށްފައިވެއެވެ.
ސެކްރެޓަރީ ބްލިކްކެން ވަނީ ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ސަރުކާރުން ހޯދި ކާމިޔާބީއަށް މަރުޙަބާ ދަންނަވައިފައެވެ. އަދި މި ބައްދަލުމުގައި މިނިސްޓަރ ޒަމީރު ދެއްކެވި ވާހަކަފުޅުގައި ދިވެހި ދަރިވަރުންނަށް އެމެރިކާ އިން ދޭ މަތީ ތައުލީމުގެ ފުރުސަތުތަކުގެ މުހިންމުކަން ފާހަގަ ކުރައްވައި ފައެވެ. މީގެ އިތުރުން ދިވެހިންނަށް ފަސޭހައިން އެ ޤައުމުގެ ވިސާ ލިބިދޭނެ މަގު ފަހިކޮށްދެއްވުމަކީ މުހިންމު ކަމެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

