ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން މޫސުން ގޯސްވީ ބަދިގެއިން ކަންކަން ނިންމުމުން، މިފަހަރު ނުވާނެ: އަބްދުއްލަތީފް

ޕީއެންސީ ހަރުގެ ޖަލްސާގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވާހަކަ ދައްކަވަނީ/ ފޮޓޯ: ހަތާވިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރި ވެރިކަމުގައި މޫސުން ގޯސްވީ ބަދިގެއިން ކަންކަން ނިންމުމުންކަމަށާއި މިފަހަރު އެހެން ނުވާނެކަމަށް މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްވަމުން މެމްބަރު ލަތީފް ވިދާޅުވީ، ރާއްޖޭގައި އިންސާނީ ހައްގުތައް ހޯދައިދިނީ އެމްޑީޕީކަމަށް އެ ޕާޓީ ދެކޭ ކަމަށެވެ. އެހެންނަމަވެސް އެ ޕާޓީން 2008 ވަނަ އަހަރު ވެރިކަން ހޯދުމަށްޓަކައި ކުރި މަސައްކަތްތައް އެންމެނަށްވެސް ސާފުވާނެކަމަށާއި، އެއީ ރަށްތަކަށް ވަޑައިގަންނަވާ މިނިސްޓަރުންނަށް ޖެއްސުންކޮށް ގޯނާ ކުރުމާއި ކަތީބުން މޫދަށް ބޭލުން ފަދަ މަސައްކަތްތައްކަމަށް އޭނާ ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ، ދެކޮޅު ހަދައައި ނައްތާލަން ބޭނުންވީ އެ ސަގާފަތްކަމަށާއި، ކަމު ނުދިޔައީ އެ ވިސްނުން ކަމަށެވެ. އަދި ޕީއެންސީއަށް ދުވަހަކު ވެސް އެ އަނިޔާވެރިކަމަށް ރައްޔިތުން ވެސް ހިތްވަރު ނުދޭތީ 2013 ވަނަ އަހަރު އެ ރައްޔިތުންގެ ނަޒަރުގައި ރަނގަޅު ވެރިކަމެއް ގާއިމު ކުރިކަމަށެވެ. އެކަމަކު ހީކުރި ގޮތާ ހިލާފަށް ކާމިޔާބު ދުވަސްތަކަށް ފަހު ދެން ފެނުނީ މޫސުން ބަދަލުވި މަންޒަރުކަމަށާއި، އެއީ ވެރި މީހާގެ މައްސަލައެއް ނޫންކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ މޫސުން ގޯސްވީ ބަދިގޭގެ ތެރެއިން ކަންކަން ނިންމަން ފެށުމުންކަމަށާއި، ރައްޔިތުންނަށް ޕީއެންސީ ގެނެސްދޭ ބަދަލަކީ އެކަން ތަކުރާރު ނުވުންކަމަށެވެ. ލަތީފް ވިދާޅުވީ، މިފަހަރު ކަންކަން ނިންމާނީ ޕީއެންސީގެ އޮފީހުންކަމަށާއި އޯޑަރުތައް އަންނާނީ ޕާޓީގެ އޮފީސް ތެރެއިންކަމަށެވެ.

މީގެއިތުރުން ލަތީފް ވިދާޅުވީ، ޕީއެންސީ މިވަގުތު ތިބީ ވަރަށް އުފާވެރި ހާލަތެއްގައިކަމަށެވެ. މިސާލެއްގެ ގޮތުގައި ރަމަޟާން މަސް ނަންގަވައި ލަތީގް ވިދާޅުވީ ދިވެހި ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ރައީސް ހެޔުކޮށްދެއްވި ކަމަށެވެ. އަދި ބޭނުންވާ ސާމާނުތައް ވެސް ލިބޭނެ އިންތިޒާމު ހަމަޖެއްސެވި ކަމަށެވެ.

ލަތީފް ވިދާޅުވީ ރަމަޟާން މަހު ރައްޔިތުންނަށް އެއްވެސް ދަތިތަކެއް ކުރިމަތި ނުވާނެހެން، ރައްޔިތުންނަށް ސަރުކާރުން އުފާވެރިކަން ގެނެސްދިން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: