ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދު ކުޑަ ކުރަން މަޖިލިހުގެ މެމްބަރުންގެ އިންޝުއަރެންސް ކަނޑާލަން ތާއީދު: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އިންޝުއަރެންސް މިހާރުން މިހާރަށް ކަނޑާލަން ތާއީދު ކުރައްވާކަމަށް މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝުޖާއު ވިދާޅުވީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ޤައުމީ މަސައްކަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް މިހާރުން މިހާރަށް ކަނޑާލަން ތާއީދުކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ލިބޭ އާސަންދަ އެކަނި ލިބޭ ގޮތަށް ބަދަލު ކުރަައްވަން ތާއީދު ކުރާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޕީއެންސީއިން ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވެސް ޝުޖާއު ވަނީ ރާއްޖޭގެ މާލީ ހާލަތު އޮތީ ގޯސްކޮށް ކަމަށް ވިދާޅުވެފައެވެ. އަިދ ދައުލަތުގެ ހަރަދު ކުޑަކުރަން، އާސަންދަ ދޭ ގޮތާއި ސަބްސިޑީ ދޭ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އާސަންދައިގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ދާކަމުގެ ޝަކުވާ އަކީ ޝުޖާއު ވިދާޅުވި ގޮތުގައި ޚަރަދުތަކާ ގުޅޭ ގޮތުން މިހާތަނަށް އައިސްފައިވާ އެންމެ ބޮޑު ޝަކުވާއެވެ.

ހައްގުވެރިންނަށް އާސަންދަ އާއި ސަބްސިޑީ ދޭ ގޮތް ބަދަލުކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. މިއީ ރައީސް މުއިއްޒުގެ ސިޔާސަތުކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު މިކަން ސިފަ ކުރެއްވީ ގައުމަށްޓަކައި ކުރަން ޖެހޭ ޖިހާދެއްގެ ގޮތުގައެވެ.

މާލީ ހާލަތާ ގުޅިގެން ސަރުކާރަށް ހުރި އުނދަގޫތަކާއިއެކު ކުރިއަށް ދާނީ އެކަންކަން ރައްޔިތުންނަށް ހާމަކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސަރުކާރަށް ގޯހެއް ހެދިއްޖެ ނަމަ، އެކަންވެސް ހާމަކުރާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: