ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގައި ގައިދީއަކު ނިޔާވި މައްސަލައެއް ދަނީ ތަހުގީގު ކުރަމުން: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ޖަމީލް ނިޔާވި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ކަރެކްޝަންސްއިން ބުނެފައިވަނީ ޝަރީއަތް ނިމެންދެން މާފުށި ޖަލުގައި ބަންދުކޮށް ހުއްޓާ ނިޔާވެފައިވަނީ ށ. ފުނަދޫ ޒަމާނީވިލާ، މުހައްމަދު ޖަމީލް (45އ) ކަމަށެވެ.

ގޮޅިން ބޭރަށް ނުނިކުމެ ހަރަކާތް ނުކޮށް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށި ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރު ދިނުމަށްފަހު އެއްވެސް ބަދަލެއް އައިސްފައި ނުވާތީ މާފުށީ ސިއްހީ މަރުކަޒަށް 12:13 ހާއިރު ގެންގޮސް އޭނާއަށް ފަރުވާ ދީފައިވާއިރު، ކަރެކްޝަނުން ބުނީ ހިތް ހުއްޓިގެން އޭނާ ނިޔާވި ކަމަށް ކަނޑައަޅާފައިވަނީ 12:45 ގައި ކަމަށެވެ.

އޭނާ އަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށާއި އަދި އެއީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ އޭނާ ބުނެފައިވަނީ އަނިޔާ ކޮށްގެން ޖަމީލަށް ނުހިނގިގެން ގެންދަނިކޮށް ވެސް ބައެއް ގައިދީންނަށް ފެނިފައިވާ ކަމަށާއި ސިއްހީ ފަރުވާ ނުދީ ބާއްވާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، ޖަލުގައި ގައިދީއަކު މަރުވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: