ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތި ބޭސް ދީގެން ކޮންމެ މީހަކަށް ވެސް ކަންކަން ކުރެވިދާނެ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހިންނަށް މާ ރަނގަޅު ގޮތްތަކެއް ހޯދައިދީ، މެނޭޖު ކުރާނެ މަގު އެނގޭކަމަށް ވައުދުވެގެންކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އިގްތިސާދު، ދަރަނި ނުދެއްކޭ ހާލަތަށް ގޮސް މާލީ އަނދަވަޅަކަށް ވެއްޓިދާނެކަމުގެ ބިރު އެބައޮތްކަމަށް ވާހަކަ ދެކެވުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ބައިބަލްއަޤުވާމީ މާލީ އިދާރާތަކުން އެކަން ރިޕޯޓު ކުރި އެވެ. ވޯލްޑް ބޭންކުން ”މޯލްޑިވްސް ޕްބްލިކް އެކްސްޕެންޑިޗާ ރިވިއު ރިޕޯޓު“ ގައި، އޭރު ދިވެހިރާއްޖޭގެ ދަރަނީގެ ހާލަތާއި މެދު ވޯލްޑް ބޭންކުން ކަންބޮޑުވުން ފާޅު ކުރުމުން ސަރުކާރުން އެ ބަލައިގަތުމަށް ދެކޮޅު ހެދި އެވެ.

ދަރަނީގެ ހާލަތު އިންތިހާއަށް ގޯސްވެ, ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުން ވަނީ އެ އެޖެންސީގެ ރާއްޖޭގެ ރޭޓިން މިއަހަރު ”ޓްރިޕަލް ސީ ޕްލަސް“ އަށް ދަށްކޮށްފަ އެވެ. ސަރުކާރުން ވެސް މިކަމުގައި އަވަސް ފިޔަވަޅުތައް، އަޅައި މަޖިލީހުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ތައްޔާރުވެފައި ވަނިކޮށް މިދިޔަ ފަސް އަހަރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދާއި، ވޯޓު ހޯއްދެވީ އެމްޑީޕީ ސަރުކާރުގެ ވާހަކަ ދައްކައިގެން ކަމަށެވެ.

ވީޑިއޯއެއް އާންމު ކުރައްވައި ފައްޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވައުދުވީ، ރައްޔިތުންނަށް މާ ރަނގަޅު ގޮތެއް ހޯދައިދޭން ކަމަށެވެ. އަދި އެކަން ކުރަން އެނގޭކަމަށް ރައީސް ވިދާޅުވީ، އެއްވެސް ހިތި ބޭހެއް ބޯން ޖެހޭ ހާލަތެއް އަތުވެދާނެކަމަށް ނުގެންނަވައިކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ރައްޔިތުން މަނިކުފާނަށް (ރައީސް މުއިއްޒަށް) ވޯޓުދިނީ ”ކުރީ ސަރުކާރާ މެދު“ ދެއްކެވި ވާހަކަތަކަށް ބަލައި. ރައްޔިތުންނަށް މާ ރަނގަޅު ގޮތެއް ތިމަން މަނިކުފާނު ހޯއްދަވައި ދެއްވާނޭ ކަމާއި އެކަންކަން ކުރައްވަން އެނގިވަޑައިގަންނަވާ ކަމަށް ކެންޕޭނުގައި ވިދާޅުވުމުން. އޭރު ހިތިބޭހުގެ ވާހަކައެއް ނުދައްކަވާ. ހިތިބޭސް ދީގެން ކޮންމެ މީހަކަށްވެސް ކަންކަންކުރެވިދާނެ.

ފައްޔާޒް ވިދާޅުވީ ހިތި ބޭހެއް ދީގެން، ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަންކަން ހުންނާނެ ކަމަށެވެ. އެއަށް ފަހު ފައްޔާޒް ހަނދާނަށް ގެންނެވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކައެވެ. އެމްޑީޕީއަށް ފައިނޭންސަށް ނުބެލެހެއްޓި މިސްމެނޭޖުވަމުން ދާކަމަށް ތުހުމަތު ކުރާއިރު ފައްޔާޒް ވިދާޅުވީ ރައީސް މުއިއްޒު ދައްކަވަމުން ގެންދެވީ، އެޅިދާނެ ފިޔަވަޅުތައް ކަމަށެވެ.

ސަރުކާރުން ބޭކާރު ހަރަދުތައް ކުރުން ހުއްޓާލުމަށް ގޮވާލުމާއި، އިސްކަން ދޭންވާ ކަންކަން ވެސް އެމަނިކުފާނު ލިސްޓު ކުރެއްވިކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ހިތި ބޭހެއް ދެވިދާނެކަމަށް ފައްޔާޒް އެ ވިދާޅުވި ބަސް އިޝާރާތް ކުރައްވަނީ އެކި ފީތަކާއި، ޓެކްސް އަދި މަސްވެރިންގެ ފައިސާއާއި ގުޅުވައިކަމަށް ބެލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: