ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމަށް ”ކްލޯޒްޑް ޑޯ“ ފޯރަމްގައި އާދަމް ޝަރީފް ބައިވެރިވެވަޑައިގެންފި

ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމަށް "ކްލޯޒްޑް ޑޯ" ފޯރަމްގައި ވަޒީރު ބައިވެރިވެ ވަޑައިގެންފި
ޝެއާރކޮށްލާ ކަހަލަދޯ؟

ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމަށް ”ކްލޯޒްޑް ޑޯ“ ފޯރަމްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ބައިވެރިވެ ވަޑައިގެންފިއެވެ.

މިއީ ޑިޖިޓަލް ޒަމާނުގައި އިތުބާރު ބިނާކުރުން (ސައިބަރ ސެކިއުރިޓީގެ ވެށި ނެވިގޭޓްކުރުމަށް އައު ޙައްލުތަކާއި ސްޓްރެޓެޖީތައް ބަލައި ދިރާސާކުރުން) އާއި ގުޅޭގޮތުން ބޭއްވޭ ޗައިނާ-އޭޕެކް ”ކްލޯޒްޑް ޑޯ“ ބައްދަލުވުމެކެވެ. ބައްދަލުވުމުގެ މައުލޫމާތު ދެމިން މިނިސްޓްރީން ބުނެފައިވަނީ އެ ބައްދަލުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ސައިބަރ ސެކިއުރިޓީއަށް އިތުބާރު ޤާއިމްކޮށް އިތުރަށް ހަރުދަނާ ކުރުމަށް ބައިނަލްއަޤުވާމީ މިންގަނޑުތަކާއި މުޢާހަދާތަކުގެ މުހިންމުކަމުގެ ދިރާސާއެއް ކުރުން ކަމަށެވެ.

މީގެ އިތުރުން ސައިބަރ ސެކިއުރިޓީގެ ދާއިރާ ހަރުދަނާ ކުރުމަށް އާޓިފިޝަލް އިންޓެލިޖަންސް، ފަދަ ޓެކްނޮލޮޖީ ދިވެހިރާއްޖޭގައި ބޭނުންކުރެވޭ މިންވަރު ފުޅާ ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ އިތުރަށް ސައިބަރ ސެކިއުރިޓީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއި، ތަޢުލީމީ ދާއިރާ އަދި އާންމު ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ.

ޗައިނާގެ ޖީ.އެސް.އެމް.އޭ އޭޝިޔާ ޕެސިފިކް ރީޖަންގެ ފަރާތުން އިންތިޒާމުކުރި މި ފޯރަމްގައި ދިވެހިރާއްޖޭގެ އިތުރަށް ނޭޕާލް، މޭލޭޝިޔާ، ތައިލެންޑްގެ އިތުރަށް ބަނގްލަދޭޝްއިން ވަނީ ބައިވެރިވެވަޑައިގަންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: