ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދުގައި ހަކަތައެއް ނެތް، މިހާރު ވެސް ސިޔާސީ މަގާމުތަކަށް މަހަކު 700 މިލިއަން ހަރަދު ކުރޭ: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ސިޔާސީ މަގާމުތަކަށް ދެހާހަށް ވުރެ ގިނަ މީހުން އައްޔަނުކޮށް، އެ މީހުންގެ މުސާރައާއި އިނާޔަތްތަކަށް މަހެއްގެ މައްޗަށް 700 މިލިއަން ރުފިޔާ ހަރަދު ކުރާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ޕްރެޒެންޓޭޝަނެއް ހުށަހަޅައިދެއްވައި، އަމީރު އާންމު ކުރެއްވި މައުލޫމާތުތަކުގައި ވިދާޅުވީ މާލީ ހާލަތު މިހާ ދަށްވީ ސަރުކާރުގެ އިހުމާލުގެ ސަބަބުން ކަމަށެވެ. ރައްޔިތުންނަށް ރަނގަޅު، ސައްހަ މައުލޫމާތު ދިނުމަށް ގޮވާލައި އަމީރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ކޮވިޑުގެ ދަތިހަލާތަކާއި އެކު ވެސް ސަރުކާރުން އައީ ދަރަންޏާއި ބިލުތަކަށް ފައިސާ ދައްކަމުން ކަމަށެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ގޯހަކީ އިގްތިސާދުގައި އެ ހަކަތަ ނެތީސް ބޮޑެތި ހަރަދުތައް ކުރުންކަމަށް އަމީރު ހުށަހެޅި ޕްރެޒެންޓޭޝަނުގައި ވެއެވެ. އަދި ހަރަދު ކުރެވޭނެ އިތުރު މަގެއް ނެތީސް، ކުރާ ހޭދައިގެ ސަބަބުން ރިކަރަންޓު ހަރަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަމަށް ވެއެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރުކޮށް، ކުރާ ދަތުރުތަކާއި، ހޭދައަކީ ދައުލަތަށް ބޮޑު ބުރައަކަށް ވެ މަހެއްގެ މައްޗަށް ކުރާ މިފަދަ ހޭދަތައް 900 މިލިއަނަށް ގާތް ކުރާކަމަށް އަމީރު ވިދާޅުވި އެވެ. އެންމެ ބޮޑު މައްސަލައެއްކަމަށް އަމީރު ފާހަގަކުރެއްވީ ސަރުކާރު ހިއްސާވާ އެސްއޯއީތަކުގެ އެތެރޭގެ ހާލަތެވެ. މާލީ ގޮތުން ދަތިތައް މި ކުންފުނިތަކުގެ ތެރޭގައި އެބަހުރިކަމަށް ބުނެ ސަރުކާރުން ކުރާ ހޭދަތަކާއި ބަހާ ދިމާނުވާކަމަށް އަމީރު ވިދާޅުވި އެވެ.

އެގޮތުން އާންމު ކުރި ޕްރެޒެންޓޭޝަނުގައި ވަނީ 2023 ވަނަ އަހަރު ނިމުނު އިރު ކުރި ހޭދަތަކައި، މިހާރު ކުރަމުން ދާ ހޭދަތައް އަޅާކިއުމަށް ފަހު އެ ތަފްސީލު ގެނެސްދީފަ އެވެ.

މީގެއިތުރުން އަމީރު ވަނީ، އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކަށް ކުރީ ސަރުކާރުން އެޅި ފިޔަވަޅުތައް ފާހަގަކޮށް މި ސަރުކާރުން ގެންގުޅޭ ސްޓެރެޓެޖީއާއި ސިޔާސަތުތައް ގޯސްކަމަށް ވިދާޅުވެފައެވެ. އެގޮތުން 2020 ގެ ކޮވިޑުގެ ވާހަކަ ނަންގަވައި އަމީރު ވިދާޅުވެފައި ވަނީ 2021، އަދި 2022 ވަނަ އަހަރުގެ ފިކްސަލް ސްޓްރެޓެޖީގައި 6 ބިލިއަން ރުފިޔާގެ ފިކްސަން އެޖަސްޓްމަންޓެއް ގެނައުމަށް ހުށަހަޅައި ތަންފީޒު ކުރަން ފެށުނު ކަމަށެވެ. އަމީރު ވިދާޅުވީ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީގައި މިހާރު ފަށާފައި ވަނީ ވަނީ މެދުރާސްތާގައި އާމްދަނީ އިތުރު ކުރުމަށް ޓާގެޓު ކުރި ހިސާބުން ޖީޑީޕީގެ ނިސްބަތުން 32.5 އިންސައްތަ ކަމަށެވެ.

އެއަށް ފަހު ދެން އަމީރު ފާހަގަކުރެއްވީ، ފިކްސަލް ރީފޯމް ޕްލޭންގައި ހަރަދުތަކުގެ ސިޔާސަތުތައް މުރާޖައާ ކުރުމެވެ. އޭގެ ތެރޭގައި އަމީރު ވިދާޅުވި ގޮތުގައި އައު ސަބްސިޑީ އަދި އާސަންދަ ނިޒާމުތައް އެކުލަވާލުމާއި ޕޮލިޓިކަލް އިކޮނޮމީން އެ ބަދަލުތައް ގެނައުމަށް ޖާގަ ހޯދުމަށް މަސައްކަތް ކުރި ކަމަށެވެ.

އަމީރު ވިދާޅުވީ 2023 ވަނަ އަހަރު ޖީއެސްޓީ ރޭޓުތައް ބޮޑު ކުރީ މި ސްޓްރެޓެޖީގެ ދަށުންކަމަށާއި އޭގެ ސަބަބުން އާމްދަނީގެ ރޭޓު އިތުރުވެގެން އައި ކަމަށެވެ.

އެމްޑީޕީން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބައްވާފައި ވަނީ ރައްޖޭއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ ފިޗުގެ ރޭޓިން މި އަހަރު ޓްރިޕަލް ސީ ޕްލަސްއަށް ދަށްކޮށްފައި ވަނިކޮށެވެ. މިދިޔަ ދެ އަހަރަށް ބަލާއިރު، ފިޗުން ރާއްޖެއަށް ކަނޑައެޅީ ބީ ނެގެޓިވް އެވެ.

މި ރިޕޯޓުގެ ކުރިޔަށް ވެސް ސަރުކާރުން ވަނީ ކުރިޔަށް އޮތީ އިގްތިސާދީ ދަތި ދަތި ދުވަސްތަކެއްކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާތީ ހާލަތު ރަނގަޅުވެ ޑޮލަރުގެ ތާށިކަން ހައްލުވަމުންދާކަމަށް ބުނެފައި ވެއެވެ. އެކަމަކު މީގެ ދެ ދުވަސް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަރަދުތައް ކުޑަކުޑުރުމަށް ސިޔާސީ ބައެއް މަގާމުތައް މަދުކޮށް، އިވެންޓު ޖަލްސާތައް ވެސް މަޑުޖައްސާލައި ހަރަދުތައް މެނޭޖު ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަން އިއުލާނު ކުރައްވާފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މަޖިލިސް މެމްބަރުންގެ މުސާރަޔާ އިނާޔަތް ކުޑަކޮށް އެމީހުންށް އެތަނުން ބޯސަޔާކެއުން ދިނުން ހުއްޓާލާ ސަރުކާރުގެ އޮފީސްތަކުގެ ޖަލްސާތަކަށް ތިގެންދާ މަލުގެ ޑެކޮރޭޝަން ހުއްޓާލާ އޮފީސްތަކުގެ ކޮންމެ މުއައްޒަފެއްގެ ކަރުގައަޅައިގެން ތިއުޅޭ ކާޑަށް ކުރާހަރަދުހުއްޓާލާ ބޭކާރުގޮތުގަ ނަގާފަތިބި ސިޔާސީ މުއައްޒަފުން ދޫކޮށްލާ ބޭކާރު މިނިސްޓިރީތަކާ އޮފީސްތައް އުވާލާ. ޙަރަދުކުޑަވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: