ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިން ހަނގުރާމަ ނިންމާނެ ގޮތުގެ ޕްލޭނެއް ހަދަނީ

ޒެލެންސްކީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރޭންގެ ހަނގުރާމަ ނިންމާލުމަށްޓަކައި ޕްލޭނެއް އެކުލަވާލަމުންދާކަމަށް އެ ގައުމުގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ރަޝިއާ ދެމެދު ކުރެވެމުންދާ ހަނގުރާމަ ދިގުދެމި އެތައް ބަޔަކު މަރުވެފައިވާއިރު، ބައިނަލްއަގުވާމީ މީޑިއާތަކުންވަނީ ޒެލެންސްކީ ހަނގުރާމަ ނިންމާލުމަށްޓަކައި ޕްލޭނެއް އެކުލަވާލަމުންދާކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. އެގޮތުން ރަސްމީގޮތުން އާންމުކޮށްގެން ދެ ގައުމުގެ ދެމެދު އެއްވެސް މަޝްވަރާއެއް ކުރެވެމުން ނުދާ ނަމަވެސް ޒެލެންސްކީވަނީ އެ ގައުމުން ހަނގުރާމަ ނިމިގެންދާން ބޭނުންވާ ގޮތް އެނގެން އޮތުން މުހިންމުކަމަށް ވިދާޅުވެފައިކަމަށާއި އެ ޕްލޭނަށް ދުނިޔޭގެ މެޖޯރިޓީގެ ތާއީދު ލިބުންވެސް މުހިންމުކަމަށް އޭނާ ވިދާޅުވިކަމަށް ރިޕޯޓުތަކުގައިވެއެވެ.

އޭނާ ވިދާޅުވީ، ހާރިޖީ މަސައްކަތްތަކުގެ ތެރެއިން ހަނގުރާމަ ނިންމާލުމަށް ކާމިޔާބުވެފައިނުވާކަމަށެވެ. މި ވާހަކަތައް އޭނާ ދެއްކެވީ 90 އަށްވުރެ ގިނަ ގައުމުގެ އިސްވެރިން ބައިވެރިވާ ބައްދަލުވުމެއްގައިކަމަށްވާއިރު ބައިވެރިންގެ އަގުލަބިއްޔަތުން ޔޫކްރެއިންގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުވެފައި އޮންނަން ޖެހޭކަމަށް ވަކާލާތު ކުރާކަމަށްވެސް ބުނެފައިވެއެވެ.

މިވަގުތު ހަނގުރާމަ ހުއްޓާލުމަށް އޮތް ހުރަސްތަކަށް ބަލާއިރު، ރަޝިއާގެ ސިފައިން އެއްކޮށް ބޭލުމަށްފަހު ނޫނީ ސުލްހައިގެ ވާހަކަ ދެއްކުމަށް ޔޫކްރެއިންއިން ތައްޔާރަށް ނެތުން ފާހަގަކުރެވޭއިރު، ރަޝިއާއިން މިހާރަށްވުރެވެސް އިތުރަށް ޔޫކްރެއިންގެ ގޮތުގައި ބުނާ ސަރަހައްދުން ބިން ހޯދުމަށް މަސައްކަތްތައް ކުރަމުންދާކަމަށްވުމުންވެސް އެއްބަސްވުމަކާއި ހިސާބަށް ވާސިލުވުމުގައި ގޮންޖެހުންތައް އެބަ ހުރިއެވެ.

ޒެލެންސްކީ ވިދާޅުވީ، އޭނާ ތަފްސީލީ ޕްލޭނެއް އެކުލަވާލައި ހިއްސާކުރާނެކަމަށެވެ. އަދި ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި އެކަން ކުރައްވާނެކަމަށް މައުލޫމާތު ދެއްވިއިރު އޭނާވަނީ ވަގުތު ނެތްކަމަށް ވިދާޅުވެފައިކަމަށާއި އިޝާރާތްކުރެއްވީ ގިނަ އަދަދެެއްގެ މީހުން މަރުވަމުންދާކަމުގެ މައްޗަށްކަމަށްވެސް ރިޕޯޓުތަކުން ފާހަގަކުރެވެއެވެ.

ރަޝިއާއިންދަނީ ޔޫކްރެއިން ދެމެދު ކުރަމުންދާ މި ހަނގުރާމައިގައި މަޑުމަޑުން ނަމަވެސް އިތުރު ސަރަހައްދުތައް އެ ގައުމުގެ ބާރުގެ ދަށަށް ގެންނަންމުންކަމަށްވާއިރު، މިހާރު ޖުމުލަ ފަސް ބައިކުޅަ އެއް ބައި އޮތީ އެ ގައުމުގެ ބެލުމުގެ ދަށުގައިކަމަށްވެސް މީޑިއާތަކުން ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: