ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅަނގުން ނުހުއްޓުވަންޏާ ރަޝިއާއިން ހަނގުރާމަ ކާމިޔާބުކުރާނެ: ޕޮލަންޑުގެ ހާރިޖީ ވަޒީރު

ޕޮލަންޑުގެ ހާރިޖީ ވަޒީރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅަނގުގެ ގައުމުތަކުން ނުހުއްޓުވައިފި ހާލަތެއްގައި ޔޫކްރެއިން ހަނގުރާމަ ރަޝިއާއިން ކާމިޔާބުކުރާނެކަމަށް ޕޮލަންޑުގެ ހާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

ރިޕޯޓުތަކުގައިވާގޮތުން ޕޮލަންޑުގެ ހާރިޖީ ވަޒީރު ރެޑިސްލައު ސިކޯރްސްކީ ވަނީ އަދިވެސް ޔޫކްރެއިންއަށް ރަޝިއާގެ މައްޗަށް ހަނގުރާމައިގައި ކުރި ހޯދިދާނެކަަން ޔަގީންވެވަޑައިގަންނަވާކަމަށް ސިފަކުރައްވާފައެވެ. އަދި އޭނާވަނީ ރަޝިއާއަކީ ބަަލި ނުކުރެވޭނެ ގައުމެއް ނޫންކަމަށް ވިދާޅުވެފައިކަމަށާއި ނުހުއްޓުވައިފި ހާލަތެއްގައި ރަޝިއާގެ ރައީސް ޕުޓިން މި ހަނގުރާމަ ކާމިޔާބުކުރައްވާނެކަމަށް ވިދާޅުވިކަމަށް ރިޕޯޓުތަކުގައިވާއިރު ހުޅަނގުގެ ގައުމުތަކަށް ނުކުމެ ރަޝިއާ ހުއްޓުވޭނެކަމާއިމެދު ޝައްކެއްވެސް ނެތްކަން ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ގަބޫލުކުރަން ދަތި ޕްރޮޕަގެންޑާ އާއި ހިލާފަށް ރަޝިއާއަކީ ބަލި ކުރެވޭނެ ގައުމެއްކަމަށާއި އެ ގައުމަށް މީގެ ކުރިންވެސް ހަނގުރާމައިގައި ބަލިވެފައިވާނެކަމަށް އަލިއެޅުއްވިއެވެ. އޭނާ ވިދާޅުވީ، ހުއްޓުވޭނެކަމަށާއި ބަލި ކުރެވޭނެކަމަށެވެ. އެހެންނަމަވެސް ދުނިޔެއިންވަނީ އެ ކަންކަމުގެ މަތިން ހަނދާން ނައްތާލާފައިކަމަށެވެ.

އޭނާ ވަނީ ރަޝިއާގެ މައްޗަށް ކުރި ހޯދުމުގައި މި ހަނގުރާމަ އިތުރަށް ފުޅާކުރުމުގައި ވިސްނުންތެރި ފިޔަވަޅުތަކެއް އަޅަމުންދިއުން ބޮޑު ރޯލެއް އަދާކުރާކަމަށް ގަބޫލުކުރާކަންވެސް މީޑިއާތަކަށް ހާމަކޮށްފައެވެ. އެގޮތުން ރަޝިއާގެ 300 ބިލިއަން ޔޫރޯގެ މުދާ އަތުލެވިދާނެކަމަށާއި ޕުޓިން އެ ފައިސާ އަނބުރާ ލިބޭނެކަމަށް ނުދެކޭމަށެވެ.

އޭނާ ވިދާޅުވީ، ސޮވިއެޓް ޔުނިއަންގެ ވެއްޓިގެންދިޔަ ގޮތާއިމެދު ޕުޓިން ހިތްހަމަޖެހިވަދައިނުގަންނަވާކަމަށްވުމުން ބޭނުންވަނީ އަލުން ހުޅަނގުގެ ގައުމުތަކާއި ހަނގުރާމައަށް ދިއުމަަށްކަމަށާއި ގައުމުތަކުގެ ޒިންމާއަކީ ހަނގުރާމަ އިތުރަށް ފުޅާވިޔަ ނުދިނުން ނަމަވެސް މޮޅުވުމަކީވެސް ޒިންމާއެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ގުޅިފައިވާ ޑިމޮކްރެޓިކް ގައުމުތަކެއް އެއްބައިވެގެން އެކަން ހާސިލުކުރެވިދާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: