ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ޒިންމާ އަދާނުކުރައްވާކަމުގެ ތުހުމަތު!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ޒިންމާ އަދާނުކުރައްވާކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ހުށަހަޅުއްވާފައިވާ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި، ކުރަން ޖެހޭ ކަމަކީ މާލީ ސިޔާސަތު ކޮންޓްރޯލްކުރުންކަމަށެވެ.

މަނިޓަރީ ޕޮލިސީއަކީ ދިވެހި ދައުލަތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއްކަމަށް ފާހަގަކޮށް ނާޒިމް ވިދާޅުވީ، ގަވަރުނަރު އެ މަސްއޫލިއްޔަތުއަދާކުރައްވާ މަންޒަރު ނުފެންނަކަމަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ފާއިތުމިވީ ދުވަސްތަކުގައި ގަވަރުނަރުގެ އެއްވެސް ލަފައެއް މަޖިލީހަށް އަދި ސަރުކާރަށްވެސް ލިބިފައިނުވާކަމަށް ނާޒިމް ވިދާޅުވިއެވެ.

މަނިޓަރީ ޕޮލިސީއަކީ ދިވެހި މަރުކަޒީ ބޭންކްގެ ގަވަރުނަރާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް. އަޅުގަނޑުމެންނަށް ފެންނަމުން ނުދޭ ގަވަރުނަރު އެ މަސްއޫލިއްޔަތު އަދާކުރައްވާ ތަނެއް.

ނާޒިމް ވިދާޅުވިއެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ ހަރަދުކުޑަކުރުމަށް ހުރިހާ މެންބަރުން މަސައްކަތްކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ނަތީޖާ ނެރޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގައި ދައުލަތުގެ ފިސްކަލް ޕޮލިސީ ހިންގަނީ ”އިންޓާޖެނެރޭޝަނަލް އިކުއިޓީ“ ނުވަތަ ކުރިއަށް އޮތް ޖީލުތަކަށް އިންސާފުވެރި ގޮތަކަށް ގާއިމް ކުރެވޭނެ ހަމައަކުން ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރު ކުރުމާ ގުޅޭ އުސޫލުތައް ހިމަނާފައިވެއެވެ. އަދި ދައުލަތުގެ މެދު ރާސްތާ ފިސްކަލް ސްޓްރެޓެޖީ އެކުލަވާލައި ތަންފީޒު ކުރުމާ ގުޅޭ އުސޫލުތައްވެސްވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: