ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ހިމެނޭގޮތަށް ރާއްޖޭގެ ޖުމްލަ ދަރަނި 200 ބިލިއަނަށް އަރާ: ފިނޭންސް

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި  ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރ އަހުމަދު މުނައްވަރު/ ފޮޓޯ: ފިނޭންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުންފުނިތައް ދޯދިޔާކޮށް ހިންގުމުގެ ސަބަބުން، އެ ދަރަނިތަކާއި އެކު ދިވެހި ދައުލަތުގެ ޖުމްލަ ދަރަނި 200 ބިލިއަނަށް އަރާކަމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މުނައްވަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ދިޔައީ ކޮވިޑުގެ ސަބަބުންކަމަށް ބުނެ އެމްޑީޕީއަށް ނިންމާލެވޭނެ ޖާގައެއް ނެތްކަމަށެވެ.

މުނައްވަރު ވިދާޅުވީ ވެރިކަމާއި ހަވާލުވެ މިދިޔަ ފަސް އަހަރު މަލީ ކަންކަން މެނޭޖު ކުރިގޮތް ދިރާސާ ކުރުމުން، ހާލަތު އޮތީ ވަރަށް ގޯސްކޮށްކަން ދެނެގަނެވުނު ކަމަށެވެ. އިގްތިސާދު ދަށްވީ ކޮވިޑު-19 ގެ ސަބަބުންކަމަށް އެމްޑީޕީން ބުނާއިރު އޭގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވޭކަން ފާހަގަކޮށް މުނައްވަރު ވިދާޅުވީ ޖީޑީޕީ ވެސް އޭރު ވަރަށް ބޮޑުތަނުން ދަށްވެގެން ދިޔަކަމަށެވެ. އެކަމަކު އެ ހާލަތުން އަރައިގެނިވި، ސަރުކާރުގެ އެންމެ ފަހު ދެ އަހަރު ސަރުކާރު ހިންގާފައި ވަނީ އެއްވެސް ވަރަކަށް ބެލުމެއް ނެތި ވަރަށް ފަރުވާކުޑަކޮށްކަމަށް މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ އޭގެ ސަބަބުން، ހަރަދުތަކަށް އަސަރުކޮށް ޑެފިސިޓް ބޮޑުވުމުން އިގްތިސާދީ ވަރަށް ގިނަ ހިރާސްތައް ކުރިމަތިވެފައިވާކަމަށެވެ. މިސާލެއް ދައްކަވައި މުނައްވަރު ވިދާޅުވީ މިދިޔަ ސަރުކާރުގައި ޑެފިސިޓް ޖުމްލަ 53 ބިލިއަން ރުފިޔާއަށް އަރާއިރު، ނިސްބަތުން ބަލާއިރު އެއީ 10 ބިލިއަން ކަމަށެވެ.

ސުވާލަކީ ކޮވިޑު އަކީ 2020 ކަމުގައިވާނަމަ، ބާކީ ދެ އަހަރު ކިހިނެއްތޯ އޭވީ.. ހަމަ އެގޮތަށް އަޅުގަނޑުމެން ބަލާލަން ހިނގާ ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ވެސް ހަމަ އެހާ ވަރަށް މިއޮތީ ބޮޑުވެފަ.. ސަރުކާރުގެ ކުންފުނިތަކުގެ ވެސް ދަރަނި 2022 ވަނަ އަހަރު ނިމުމުގެ ކުރިން 32 ބިލިއަނަށް އަރާފައި މިވަނީ.. އެހެންވީމަ ޖުމްލަ ސަރުކާރުގެ ދަރަނި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި އެއްކޮލާއިރު އެއީ ގާތްގަނޑަކަށް 200 ބިލިއަން ރުފިޔާގެ ދަރަންޏެއްގެ ވާހަކަ މި ދައްކަނީ.. މި ސަރުކާރު، އަޅުގަނޑުމެން ފެށިގެންއައިރު…

މުނައްވަރު ވިދާޅުވީ މާލީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ކުރީ ސަރުކާރުން އޮތީ ދޫކޮށްލާފައިކަމަށާއި، އެއާއި ހުރެ މި ސަރުކާރުން ކުރަން ޖެހޭ މަސައްކަތް އެތައް ގުނައެއް އިތުރުވެފައިވާކަމަށެވެ. އަދި ކުންފުނިތައް މެނޭޖު ކުރުމުގައި ސަބްސިޑީއާއި ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި ވަރަށް ގިނަ ފައިސާ ދޫކޮށްފައިވާކަމަށެވެ. މިއީ އޭގެ ކުރީ ފަސް އަހަރާއި އަޅާބަލާއިރު ވެސް ވަރަށް ބޮޑު ހޭދައެއްކަމަށް މުނައްވަރު ވިދާޅުވި އެވެ.

އެމްޑީޕީގެ ފަސް އަހަރު އެއްކޮށް ނިމިގެން ދިޔައީ، މުނައްވަރު ވިދާޅުވި ގޮތުގައި ކުންފުނިތައް ވަރަށް ބޮޑަށް ހީނަރުކޮށްލުމަށް ފަހު އެވެ.

މީގެއިތުރުން މުނައްވަރު ވިދާޅުވީ މިދިޔަ ފަސް އަހަރު ކުންފުނިތައް ހިންގާފައި ވަނީ ދަރަނި އަދާކުރެވޭނެ ގޮތްތަކަށް ވިސްނައިގެންނެއް ނޫނެވެ. އަދި 2018 ގައި ސްޓެލްކޯގެ ދަރަނި 2.8 ބިލިއަނުގައި ހުރުމަށް ފަހު، ފަސް އަހަރުގެ ތެރޭގައި އެ އަދަދު 3.8 ބިލިއަނަށް އުފުލުނު ކަމަށެވެ. އަދި އައިލޭންޑް އޭވިއޭޝަންގެ ދަރަނި 01 ބިލިއަންގައި ހުރުމަށް ފަހު، ވެރިކަން ނިމުނުއިރު އެ އަދަދު ހުރީ 04 ބިލިއަން ރުފިޔާގައިކަމަށް މުނައްވަރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: