ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ އިދާރާތަކުން ދޭ އިރުޝާދަށް ސަރުކާރުން އަމަލު ނުކުރޭ، ހަރަދު ކުޑަކުރަން އެޅި ފިޔަވަޅެއް ނެތް: ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރު ކުރާނެކަމަށް ސަރުކާރުން އިއުލާނު ކުރި ނަމަވެސް އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެޅި އެއްވެސް ފިޔަވަޅެއް ނެތްކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ގެންދިޔައީ، ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީމް ހުށަހެޅުއްވި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ ބަހުސެވެ. މިހާރު އަމަލު ކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރެވޭނެ ފިކްސަކް ހަމަތަކާއި ގުޅޭ އާ ނިޒާމެއް ތައާރަފު ކުރުމަށް ހުށަހެޅި ބިލުގެ ބަހުސްގައި ސަރުކާރުގެ މެމްބަރުން ފާހަގަކުރައްވަމުން ގެންދިޔައީ މާލީ ހާލަތު މިހާރު އޮތް ގޮތާއި އޭގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މި ބިލަށް ތާއީދު ކުރާކަން ހާމަކުރައްވައި ޒިޔާދު ވިދާޅުވީ، މިފަދަ ކަރުދާހެއް މަޖިލީހަށް އިއްވައި ބަހުސްކޮށް ގާނޫނަކަށް ހެދުމުން ހާލަތު ރަނގަޅުވީކަމަށް ދެކިގެން ނުވާނެކަމަށެވެ. ޒިޔާދު ވިދާޅުވީ ވޯލްޑް ބޭންކާއި، އިންޓަނޭޝަނަލް މަނިތަރީ ފަންޑު (އައިއެމްއެފް) ހިމެނޭ ގޮތަށް ރާއްޖެއަށް ދެމުންދާ އިރުޝާދަކީ އާމްދަނީ ލިބޭނެ ގޮތް އިތުރުކޮށް ބޭކަރު ހަރަދުތައް ކުރުން ހުއްޓާލުން ކަމަށެވެ.

ލިބޭ މިންވަރު އިތުރު ކުރާށޭ، ހަރަދުތައް ކުޑަކުރާށޭ… އަޅުގަނޑުމެންނަށް މި ހާލަތު އޮތްކަން އެނގެނީ މިއަދަކުއެއް ނޫން.. މި ސަރުކާރަށް ހަތް މަސް، އެ ވިދާޅުވިހެން ވޭތުވެދިޔަ ފަސް އަހަރުގެ ސަރުކާރުން ވެސް، އޭގެ ކުރީ ފަސް އަހަރާއި، އެހެން ފަސް އަހަރުން.. ލައްކަ ސަރުކާރު ގޮސް އައިސް، ހިނގަޖެ، އެ ތޮބީއަތް.. މިހާލަތު އޮތްކަން އެނގިގެން، ރައީސުލްޖުމްހޫރިއްޔާ އެންމެ ގިނައިން ދެއްކެވި ވާހަކައަކީ ރައީސް ޔާމީނުގެ ވާހަކަ.. ދެވަނައަށް އެންމެ ގިނައިން ދެއްކެވި ވާހަކައަކީ މި ދަރަނީގެ ވާހަކަ.. މި ދަރަނި ތިމަންނައަށް މެނޭޖު ކުރެވޭނެއޭ… ތިމަންނަމެންނަށް އެބަހުއްޓޭ މިކަން ކުރެވޭނެ ގޮތް.

ޒިޔާދު ވިދާޅުވީ ވެރިކަމާއި ހަވާލުވުމަށް ފަހު ރައީސް މުއިއްޒު ބެއްލެވީ މާ މޮޅު ގޮތަކަށް ގައުމު ހިންގޭތޯ ކަމަށެވެ. އެގޮތުން، ބޭރުގެ އެހެނިހެން ގައުމުތަކުން ކާޑު ގެނައުމާއި، ބޭސްފަރުވާއަށް އިއުލާނު ކުރުމާއި ކަނޑު އަޑީގެ ޓަނެލްތައް އެޅުމަށް އިއުލާނު ކުރިކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑެތި ސިޓީތައް އުފެއްދުމަށް މަޝްރޫއުތައް އިއުލާނު ކުރުމަށް ފަހު، ރައްޔިތުންނާއި ހަމައަށް ފޮނި ވާހަކަތައް ދައްކަމުން ދިޔައީ މަޖިލިސް އިންތިހާބާއި ހަމައަށްކަމަށް ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ ދައުލަތު ހަރަދުތައް ކުޑަކުރުމުގެ ވާހަކަ ދައްކާއިރު، މިހާތަނަށް ވެސް މި ސަރުކާރުގެ ޖުމްލަ ސިޔާސީ މަގާމުތަކުގެ އަދަދު ނޭނގޭ ކަމަށެވެ. އަދި ސިޔާސީ މަގާމުތައް ދަށްކުރާނެކަން އިއުލާނު ކުރުމަށް ފަހު، އެއާއި ޖެހިގެން ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ޓެކްސްތަކަށް ބަދަލު ގެނައުމަށް ނިންމުމަކީ އެންމެ ރަނގަޅު ގޮތްތޯ ޒިޔާދު ސުވާލު އުފެއްދެވި އެވެ.

އިގްތިސާދަށް އަސަރު ކުރަން ފެށުމުން، ދައުލަތެއްގެ ގޮތުގައި އަޅަން ޖެހޭ ފިޔަވަޅުތައް ހުންނާނެކަމަށް ގަބޫލު ކުރާކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ އެހާ ހިސާބަށް ދިއުމުގެ ކުރިޔަށް ނިންމަން ޖެހޭ އެހެން ނިންމުންތައް ހުންނާނެ ކަމަށެވެ.

މީގެއިތުރުން ޒިޔާދު ވިދާޅުވީ ހަރަދު ކުޑަކޮށް، އާމްދަނީ ލިބޭނެ ގޮތެއް ހޯދުމަށް ސަރުކާރަށް ކުރެވުނު އެއްވެސް މަސައްކަތެއް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: