ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީއަތްތައް ދިގުލައިގެން ދާތީ، ގިނަ މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ދޭ: ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ޝަރީއަތް ދިގުލައިގެން ގޮސް، އަޑުއެހުންތައް ނުބޭއްވި ދާވަރަކަށް ކުށް ސާބިތު ނުވެ ދިއުމުގެ ފުރުސަތު ބޮޑުކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަރީއަތްތައް ދިގުލައިގެން ގޮސް، ބަންދުގައި ގިނަ ދުވަސް ހޭދަ ކުރުމާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވައި ވާހަކަ ދެއްކެވީ ޝަމީމެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޝަމީމް ޝަމީމް ވިދާޅުވީ ޝަރީއަތެއް ލަސްވެގެން، އެކަމުގެ ޝަކުވާ ބަންދުގައި ހުންނަ މީހަކު ކުރުމުން އެކަން ސިޓީއަކުން ރަސްމީކޮށް ކޯޓަށް ހުށަހަޅައި އަޑުއެހުންތައް އަވަސްކޮށްދޭން އެދޭ ކަމަށެވެ. އަދި ޝަރީއަތްތައް ކެންސަލް ވުން ގިނަކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ، ޕީޖީގެ އެދުމަށް އަޑުއެހުން ފަސް ކުރަނީ ވަރަށް މަދުފަހަރަކު ކަމަށެވެ. ޝަމީމް ވިދާޅުވީ ބައެއް މައްސަލަތައް ރަނގަޅު ސްޕީޑެއްގައި ކޯޓުގައި ހިނގާކަން ފާހަގަކުރެވޭކަމަށާއި، އެގޮތުގެ މަތީން ބައެއް އެހެން ކޯޓުތަކުގައި ޝަރީއަތްތައް ހިނގަނީ ވަރަށް ލަހުން ކަމަށެވެ.

ޝަމީމް ވިދާޅުވީ ހުރިހާ ޝަރީއަތެއް ވެސް މަޑުޖެހިފައި ވަނީ ވަސީލަތްތައް ނެތުމުގެ ސަބަބުން ނޫންކަމަށެވެ. އެގޮތުން ބައެއް ރަށްތަކުގައި ފަނޑިޔާރުންނާއި، އޮފީސްތައް ހުރެމެ އަޑުއެހުންތައް މަޑުޖެހި ކުރިޔަށް ނުގެންދާއިރު މެމްބަރުން ބޭނުންވާނަމަ އެ ތަފްސީލު ހިއްސާ ކުރެވިދާނެކަމަށް ޝަމީމް ވިދާޅުވި އެވެ.

އެއްކޮށް ހުރިހާކަމެއް ގުޅިފައި އޮންނަނީ ވަސީލަތްތަކަކާއެއް ވެސް ނޫން… މި ދެންނެވީ އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ ބައެއް ރަށްތަކުގައި ވެސް ހަމަ ފަނޑިޔާރު ވެސް އިންނަނަވާ… އޮފީސްވެސް ހުރެ، މުވައްޒަފުން ވެސް ތިއްބަވާ… އެކަމަކު މަސައްކަތެއް ނުވެސް ހިނގާ.. އެހެންވެސް އެބަ ދިމާވޭ.. އަޅުގަނޑުމެންގެ ފަރާތުންނެއް، ކޯޓުގައި ހިނގާ އެއްވެސްކަމެއް.. ލަސްވުމަށް އެއްވެސްކަމެއް ނުހިނގާނެ..

ކޯޓުގައި މައްސަލަތައް ނުނިމޭތީ، އެވްރެޖުކޮށް މަހަކު 16 މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރާކަމަށް ޝަމީމް އަންދާޒާ ކުރެއްވި އެވެ.

ޝަމީމް ވިދާޅުވީ ޝަރީއަތް ނިމެންދެން މިހާރު ބަންދުގައި ތިބި މީހުންނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބި މީހުންނާއި މަރުގެ މައްސަތަލަތުގައި، ނުވަތަ މީހަކު މަރާލުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައި ތިބި މީހުންނެވެ. އަދި ޓެރަރިޒަމްގެ އަމަލުތައް ހިންގާކަމުގެ ކުށުގެ ތުހުމަތައް ހައްޔަރު ކުރާ މީހުން ވެސް ބަންދު ކުރަނީ ޝަރީއަތް ނިމެންދެން ކަމަށެވެ.

ދެން އަޅުގަނޑުމެންނަށް ވެސް އުނދަގު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތުގައި ތިބޭ މީހުން، ދޫކޮށްލީމާ.. އަނެއްކާވެސް އަލުން ވެސް ކުރަނީ.. ދެން އަޅުގަނޑުމެންނަށް ސުވާލު އެބަ އުފެދޭ ކީއްވެހޭ، އޭނަ އެހެން ދޫކޮށްލާފައި ހުރީ.. ދެން މިހާރު ވެސް، އިހަށް ދުވަހު ވެސް.. މީގެ ހަ މަސް ދުވަސް ކުރިން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހަކު ކޮންމެވެސް ގޮތަކުން ދޫވީ.. ދެން އަނެއްކާވެސް ތުހުމަތު ކުރެވުނީ، ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް.. އެހެންވެ، އަލުން ބަންދު ކުރީ..

ޝަމީމް ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ތެރެއިން، ޝަރީއަތް ނިމެން ދެން ބަންދުގައި މިހާރު ތިބޭތީ ބޮޑެތިންކަމަށް ތުހުމަތު ކުރެވޭ މީހުންނާއި އެފަދަ ބޮޑެތި މައްސަލަތަކުގައި ޝާމިލުވާކަމަށް ހައްޔަރު ކުރި މީހުންނެވެ. އެ މައުލޫމާތުތައް ދެނީ ފުލުހުންކަމަށާއި، ކޯޓުގައި ޝަރީއަތް ނިމެން ދެން ބަންދު ކުރަން އެދެނީ އެހާހިސާބުންކަމަށް ޝަމީމް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޝަމީމް މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވި ކަންބޮޑުވުމަކީ، ޝަރީއަތްތައް ދިގުލައިގެން ދާތީ ދެން ނިކުންނަ ނަތީޖާއެވެ. އެގޮތުން ކުށް ސާބިތު ކުރުމަށް އުނދަގޫވުމާއި، މައްސަލައިގައި ހިމެނޭ މީހުން ދޫވުން ފާހަގަކުރެއްވި އެވެ. މައްސަލައެއް ކޯޓުގައި ލަސްވާ ވަރަކަށް ދައުވާ ސާބިތު ކުރުމަށް، އުނދަގޫވާކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ 2022 ވަނަ އަހަރު ކޯޓަށް ހުށަހެޅި މައްސަލަތަކުން، މި އަހަރު ހުކުމް އިއްވި 16 މައްސަލައެއް ސާބިތު ނުވާކަމަށެވެ. އަދި މިދިޔަ ހަ މަސް ތެރޭ ހުށަހެޅި މައްސަލަތަކުން ސާބިތުވީ އެއް މައްސަލަކަމަށް ވިދާޅުވި އެވެ.

ގިނަ މައްސަލަތައް އެގޮތަށް ސާބިތު ނުވަނީ ޝަމީމް ވިދާޅުވި ގޮތުގައި، މައްސަލައަށް ގިނަ އަހަރުވުމުން ހެކިން ކޯޓަށް ހާޒިރުވާން ބޭނުން ނުވާތީ ނުވަތަ ހާޒިރުވެވެން ނެތުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: