ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުށައަޅާ އެކި މައްސަލަތަކުގައި ކޮންމެ އާއިލާއަކަށްވެސް ކޭސް ވޯކަރަކު ހަމަޖެހިފައިވާނެ: މިނިސްޓްރީ

ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީގެ ސޯސަލް ސާރވިސްއިން ހުށައަޅައި ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި ކޮންމެ އާއިލާއަކަށްވެސް ކޭސް ވޯކަރަކު ހަމަޖެހިފައިވާނެކަމަށް އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

މިނިސްޓްރީގެ ސޯސަލް ސާރވިސްއިން ހުށައަޅައި ހުރިހާ މައްސަލަތަކަކީ ކުޑަކުދިންނާއި ގުޅިގެން ހުށައެޅޭ ހުރިހާ ބާވަތެއްގެ މައްސަލަތަކާއި، 18 އަހަރުން މަތީގެ ފަރާތްތަކާއި ގުޅިގެން ހުށައެޅިގެންދާ މައްސަލަތަކުގެ ތެރެއިން 65 އަހަރު ނުފުރޭ ފާރާތްތަަކާއި ގުޅިގެން ހުށައެޅިގެންދާ އަނިޔާގެ މައްސަލަތަކާއި އަދި އަޅާލުމާއި އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވުމުގެ ގޮތުން ހުށައެޅިގެންދާ މައްސަލަތަކަށް މި ވަގުތު މަސައްކަތް ކުރެވިގެންދަނީ ޝޯސަލް ސާރވިސަސްގެ ޑިޕާޓްމެންޓްއިން ކަމަށް ވަނީ ވިދާޅުވެފައެވެ.

މިހާރު ކޭސް މެނޭޖްމެންޓްއަށް ގެނެސްފައިވާ ބަދަލާއިއެކު ކޮންމެ ކޭސްއެއް ހުށައެޅިގެންދާއިރު، އާއިލީ ނަޒަރިއްޔާތަކަކުން ކޭސްތަކުގެ ނަޒަރު ބަދަލުވެފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި ކޮންމެ ޢާއިލާއަކަށްވެސް ކޭސް ވޯކަރަކު  ހަމަޖެހިގެން މަސައްކަތް ކުރެވިގެންދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ. މި ބަދަލާއެކު ގިނަ ފައިދާތަކެއް ފެނިގެންދާކަމަށާއި، އެކަމުގެ ސަބަބުން އާއިލާތަކަށް ލިބިދޭންޖެހޭ ޙިދުމަތްތަށް ލިބުމުގައި އެހީ ތެރިކަން ފޯރުކޮށްދެވިގެންދާއިރު ޙިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި އާއިލާތަކަށް ޙިދުމަތް ލިބުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އެ ވުޒާރާއިން ބުނެފައިވަނީ، ކުރިން ކޭސް ވޯކަރުންގެ ކޭސް ލޯޑަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި ނަމަވެސް މިހާރު ގެންފައިވާ ބަދަލާއެކު އާއިލީ ނަޒަރަކުން މަސައްކަތްކުރެވިގެންދާއިރު މިހާތަނަށް ކޭސް ފްލޯޑަށްވެސް ރަނގަޅު ބަދަލެއް އައިސްފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އާއިލާތަކާއި ގާތުން މަސައްކަތް ކުރުމަށް ފުރުސަތު ލިބިގެން ދިއުމުން އާއިލާތަކަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނަކަމަށާއި އެގޮތުގެމަތިން ބަލާއިރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަސް ކުދިންގެ އާއިލާއިން މި ވަގުތު ރިއިންޓަރ ގްރޭޓްވެ ދިރިއުޅެމުންދާކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ތިން ކުއްޖަކު އެ ކުދިންގެ އާއިލާއާއެކު ދިރިއުޅެމުންދާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: