ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްތެރި ބަޔަކު ދިރިއުޅޭ ކުޅުދުއްފުށީ ރައްޔިތުން، ކުރަނީ ތަފާތު މަސައްކަތްތަކެއް!

ކުޅުދުއްފުށީ ކުޅި-----ފޮޓޯ: މުހައްމަދު ސާމީ/އަން ސްޕްލޭޝް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑުތިލަދުންމަތީ ވެރިކަން ކުރަމުންދާ ކުޅުދުއްފުށި ސިޓީއަކީ ތަފާތު އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން ސާދާ ދިރިއުޅުމެއް އުޅެމުންދާ ބަޔަކު ދިރިއުޅޭ ތަނަކެވެ. ރަށަށް ކުރެވުނު ފުރަތަމަ ދަތުރާއެކު ރަށުންފެނިގެން ދިޔައީ ތަފާތު އެހެންނަމަވެސް އެކަމަކަށް ކުޅަދާނަ ބަޔަކެވެ. ކުޅުދުއްފުއްޓަކީ ގުދުރަތީ ގޮތުން އެތައް ރީތި ކަމަކާއި އަދި ގުދުރަތީ އެތައް މުއްސަނދިކަމެއް ލިބިފައިވާ ރަށެކެވެ. އެރަށް އެހެން ރަށްރަށާއި ތަފާތު ކުރުވާ އެތައް ކަމެއް ހުރެވެ.

ދިވެހިރާއްޖޭގައި ހަމައެކަނި މަށި ކުޅިއެއް އޮންނަނީ ކުޅުދުއްފުށީގައެވެ. އެރަށަށް ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމުގެ އިތުރުން އެރަށަކީ ރައްޔިތުން ބޭނުންވާ ހުރިހާ ވަސީލަތެއް ހަމަ ރަށެކޭވެސް ބުނެވިދާނެވެ. މިހުރިހާ ކަމެއްގެ އިތުރުން އެންމެ ތަފާތު ކަމެއް އެރަަށަށް ގެންނަނީ ރަށުގައި ދިރިއުޅޭ މީހުން ކުރާ މަސައްކަތުންނެވެ. ރާއްޖެއަށް މަޝްހޫރު ހާލު ފޮޅި އާއި މަސް ބޮނޑިއަކީ މިކިޔާ ކުޅުދުއްފުށީ ރައްޔިތުންގެ ތަފާތު އުފެއްދުމެކެވެ. އިހުގައި ކުރަމުން އަންނަ މަސައްކަތްތަކުން އާމްދަނީ އިތުރުކޮށްގެން އަމިއްލަ ދިރިއުޅުން ކަނޑަތު ކުރަމުން އަންނަ ކުޅުދުއްފުށި ރައްޔިތުންނަކީ ކުޅަދާނަ ބައެކެވެ.

އަންހެނެއް ފިރިހެނެއް މަސައްކަތް ކުރުމުގައި ތަފާތުނުވެ ކޮންމެ މަސައްކަތަކީވެސް ކުރެވޭނެ ކަމެއް ކަމުގައި އެރަށުގެ ރައްޔިތުން ދެކެވެ. އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ތަކުގެ ތެރެއިން ފާހަގަ ކުރެވޭ ކަންކަމަކީ ރޯނު ވަށައިގެން ވިއްކުމާއި، މަސްބޮނޑި ހެދުމާއި ހާލުފޮޅި ވިއްކުމާއި އަދިވެސް އެތައް މަސައްކަތެކެވެ. ރަށުގެ އަންހެން ވެރިންނަނީ މަަސައްކަތްތެރި ފިރިހެނުންނަށް ދޫނުކުރާ ބައެކެވެ. އެއްބަޔަކު އެމީހުން އެކުރާ މަސައްކަތެއްގެ ފޮނި މީރުކަން ލިބުމަށް ކުރާ ބުރަ މަަސައްކަތް ފެށެނީ ރަށަށް ލަފާ ދޯނިން މަސްގަނެގެން ގެޔަށްގެނެސް މަސް ހިއްކާ އޭގެން އެކުރާ ވިޔަފާރިންނެވެ. އަނެއްބައި މީހުން ބޮނބި ފާކޮށް އެތައް ދުވަހަކަށްފަހު ބޮނބި ތަޅާ އެއިން ލީލި އަޅައި ރޯނު ވަށައިގެންވެސް ލާރި ހޯދައެވެ.

ހދ. ކުޅުދުއްފުއްޓަށް އުފަން އައިމިނަތު ރިޝްމީ އޭނާގެ ވާހަކަ ހިއްސާ ކުރަމުން ބުނެފަނީ އޭނާ އަކީ އާއްމު ގޮތެއްގައި މަސްބޮނޑި ހަދައި އުޅޭ މީހެއް ނަމަވެސް ކޮންމެ މަސައްކަތަކީވެސް އޭނާ ކުރާނެ ކަމެއް ކަމަށެވެ.

”ރާނަންވެސް ރާނަން، ފިރިހެނުން ކުރާ މަސައްކަތްތައްވެސް ކުރަން. މަސްބޮނޑި ހަދަންވެސް އަޅުގަނޑު ވަޅޯމަހެއް ނުގަންނަން. ހަމަ ގޮނޑުދޮށަށް ގޮސް މަސްގަނެގެން ކަނޑާ، ކައްކައިގެން ވަޅޯ ކޮށްގެން މަސްބޮނޑި ހަދަނީވެސް. އަމިއްލަ ހަވާދުގައި މަސްބޮނޑި ހަދަނީވެސް“

ރިޝްމީ ކިޔާދިނީ އެނާކުރާ މަސައްކަތްތަކެވެ. ރިހާކުރު ކެއްކުމާއި، ފަތް ތެލުލުމާއި މިފަދަ އެތައް މަސައްކަތެއް ކުރާ ކަމަށް އޭނާ ބުންޏެވެ.

ރިޝްމީ އޭނާގެ ވާހަކަ ހިއްސާ ކުރަނީ

ކުޅުދުއްފުށީގައި ހަމަ އެކަނި މަސައްކަތް ކުރަނީ އަންހެންވެރިންނެއް ނޫނެވެ. ރަށުގެ ފިރިހެނުންނަކީވެސް ބުރަކޮށް މަސައްކަތް ކުރާބައެކެވެ. މިއަދު އެރަށުުގެ މަސައްކަތް ކުރާ ރައްޔިތުން ބޭނުންވަނީ އެމީހުން ވިއްކާ ހުރިހާ އެއްޗެއް ފަސޭހަ ކަމާއެކު ވިއްކޭނެ ގޮތެކެވެ.

ރަށުގެ ރައްޔިތުން ކުރާ ބުރަމަސައްކަތުން ރަށަށް އާމްދަނީ ވަންނަ ވަރު އިތުރު ވުމަކީ އެރަށުގެ ހުރިހާ ރައްޔިތުންގެވެސް އުންމީދެމެވެ، ރަށުގައި ހަދާ އެތައް އެއްޗެށް ނުވިކި ހަމައެ ކަނި 20 ރުފިޔާ ދުވާލަކު ލިބޭ މީހުން ދިރިއުޅެއެވެ. އެހެންނަމަވެސް ކުޅުދުއްފުށްށަށް މިއަދު ބޭނުންވަނީ އެމީހުންގެ ވިޔަފާރި އިތުރަށް ފުޅާ ކުރެވޭނެ މަގެކެވެ.

ރަށުގައި ފަތުރުވެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވުމަކީ ރަށު ކައުންސިލް އަދި ރައްޔިތުންގެވެސް އެންމެ ބޮޑު އެއް އުންމީދެވެ. މިއަދު ރަށުގައި ދިރިއުޅޭ މީހުން ކުރާ ބުރަ މަސައްކަތުން ތައްޔާރު ކުރާ އެކި ތަކެތި ގަތުމަށް ބޮޑު މާކެޓެއް އެރަށުގެ ރައްޔިތުންނަށް ލިބުމަކީ މުހިންމު ކަމެކެވެ.

ކުޅުދުއްފުށި ރަށަކުން ސިޓީއަކަށް ކުރި ދަތުރުގައި އެރަށުގެ ރައްޔިތުންގެ ބޮޑު ހިއްސާއެއް އެކަމުގައި އޮތް ކަމަށް ރަށުގެ މޭޔަރ ވިދާޅުވިއެވެ. އެހެންކަމުން މިއަދު ރަށް އިތުރަށް ތަރައްގީ ވުމަށް ނުވަތަ ރަށުގެ އާމްދަނީ އިތުރުކުރުމަށް ބޭނުންވަނީ އާމްދަނީ ވަންނާނެ ދޮރެކެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: