ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީޢަތް އަވަސްކުރުމަކީ ވާނުވާ ބަންދަށް އޮތް ހަމައެކަނި ހައްލުތޯ ހިލްމީ ސުވާލު އުފައްދަވައިފި

ހައި ކޯޓް----- ފޮޓޯ/މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީޢަތް އަވަސްކުރުމަކީ ވާނުވާ ބަންދަށް އޮތް ހަމައެކަނި ހައްލުތޯ ކުރީގެ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ ސުވާލު އުފައްދަވައިފިއެވެ.

އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ހިލްމީ ވިދާޅުވީ މީހެއް ކުށެއް ކުރިކަން ސާބިތުވުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކު އެކަން ކުރަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ވުޖޫދުވެއްޖެ ހާލަތެއްގައި ކަމަށެވެ. މުޖުތަމަޢުގެ ސަލާމަތަށްޓަކައި ނުވަތަ އެ މީހާ ކޯޓަށް ޙާޒިރުކުރެވޭނެކަން ކަށަވަރުކުރުމަށްޓަކައި ނުވަތަ ހެކި ރައްކާކުރުމަށް މީހަކު ބަންދުގައި ބެހެއްޓޭނެ ކަމަށް ހިލްމީ ވިދާޅުވިއެވެ.

ހިލްމީ ވިދާޅުވީ ވާނުވާ ބަންދަށް އޮތް ހަމައެކަނި ޙައްލަކީ ޝަރީޢަތް އަވަސް ކުރުން ނޫން ކަމުގައި ވީނަމަވެސް އެއީ އޭގެ އެންމެ ފުރިހަމަ ޙައްލު ކަމަށެވެ. އެހެންނަމަވެސް އެއީ ހަމައެކަނި ޙައްލެއް ނޫން ކަމަށާއި އެކަމަށް އިތުރު ހައްލުތަކެއް އޮތް ކަމަށް ވިދާޅުވިއެވެ.

ހިލްމީ ވަނީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި، ކޯޓަށް ޙާޒިރުނުވެދާނެކަމަށްޓަކައި ނުވަތަ ފިލައިފާނެކަމަށްޓަކައި ބަންދުކޮށްފައިވާ މީހާއަށް އޮތް ޙައްލު ކިޔައިދެއްވާފައެވެ. ހާތިފް ވިދާޅުވީ ޓެގް އަޅުވާފަ މޮނިޓަރ ކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރުން އަދި ޓެގް އަޅުވާފަ ހުންނަ މީހާ ނުފިލާނެކަން، ކޯޓަށް ޙާޒިރުވާނެކަން އަދި އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިނުވާނެކަން ތަންފީޒީ އިދާރާތަކުން ކަށަވަރުކުރަން ވާނެ ކަމަށެވެ. ހިލްމީ ވިދާޅުވީ މިކަން މިގޮތަށް ކަށަވަރުކުރެވިއްޖެނަމަ މި ތިން ސަބަބުގެ މައްޗަށް ބިނާކޮށް މީހަކު ބަންދުގައި ބަހައްޓަން ޖެހޭ ޙާލަތު ވަރަށް މަދުވާނެ ކަމަށެވެ.

މީގެ އިތުރުން ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި ބަންދުކޮށްފައިވާ މީހާއަށް އޮތް ޙައްލުވެސް ހިލްމީ ވަނީ ވިދާޅުވެފައެވެ. މާއްދީ ހެއްކެއް ކަމަށްވާނަމަ އެ ހެކި ރައްކާކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް ހެކިވެރިޔެއްކަމަށްވާނަމަ، ބަންދުގައި ހުރި މީހާގެ އެދުމުގެ މަތިން ދުރާލާ ހެކިބަސް ނެގެން އޮތްނަމަ އެ ހެކިބަސް ނެގުން އަދި މި ހެކިބަސް ފަހުން ބަދަލު ކުރުމުގެ ފުރުޞަތު ހެކިވެރިޔާއަށް ނުދިނުން ނުވަތަ އެ ފުރުޞަތު ވަރަށް ހަނިކޮށްފައި ވުމަކީ ކުރެވިދާނެ މުހިންމު ކަމެއް ގޮތުގައި ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ހިލްމީ ވިދާޅުވީ އެ ގޮތަށް އެކަން ކުރެވިއްޖެނަމަ ޝަރިޢަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހުން ވަރަށް މަދުވާނެކަމަށެވެ. 

ވާނުވާ ބަންދަކީ، ގާނޫނީ މަހްފޫމް ދަންނަ ލަފުޒަކަށް ނުވި ނަމަވެސް “ވާނުވާ” ނުވަތަ ޝަރީއަތް ނިމެން ދެން ބަންދުގައި ތިބީ މީހުންނަށް މައްސަލައިގެ ކޮޅެއް ނުފެންނަ ހިސާބަށް ދިޔަ ސަބަބު ދެނެގަންނަން ޖެހޭކަމަށް އެކަމަށް ވަކާލާތު ކުރައްވާ ބޭފުޅުން ދެކެއެވެ. މީހެއްގެ ބަންދު “ވާނުވާ” އަށް ވަނީ ޝަރީއަތް ފެށޭނެ ދުވަހެއް، ނިމޭނެ ދުވަހެއް އަދި ޝަރީއަތުގެ ޝެޑިއުލްގެ އަންދާޒާއެއް ވެސް ނޭނގޭ ހާލަތުގައި ހުރުމުންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މީހަކު ހައްޔަރު ކުރާ ދުވަހުން ފެށިގެން އެ މައްސަލައެއްގެ ތަހުގީގު ނިންމައި، ޕީޖީ އޮފީހަށް ފޮނުވާނެ މުއްދަތެއް ބަޔާން ކުރެ އެވެ. އަދި އެ މައްސަލައެއްގައި ދައުވާއެއް ކުރާނަމަ ކުރަން ޖެހޭނެ މުއްދަތު ވެސް ބަޔާން ކުރެ އެވެ. އެއީ ބަންދުގައި ހުރި މީހެއް ނަމަ 30 ދުވަސް އަދި ބަންދުންވީލައިފި ނަމަ 45 ދުވަހެވެ. އެ ތަފްސީލުތައް ބަޔާން ކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގަ އެވެ.

އެގޮތުން އެ ގާނޫނުގައި ބޮޑެތި ކުށްތައްކަމަށް ކަނޑަޅާފައިވާ ކުށެއްގެ ތުހުމަތަށް ހައްޔަރު ކުރާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 ދުވަހުގެ ތެރޭޣައި އެ މައްސަލައެއް ނިންމައި ޕީޖީއަށް ފޮނުވުން ލާޒިމް ކުރެ އެވެ. މައްސަލައިގެ ބާވަތުން، ތަހުގީގު ފުރިހަމަ ނުކުރެވިދާޏެކަމަށް ގަބޫލު ކުރެވޭ ހާލަތެއްގައި ސަބަބު ބަޔާންކޮށް ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހަޅަން ޖެހެ އެވެ. އެގޮތަށް އެދޭ މުއްދަތެއް 15 ދުވަހަށް ވުރެ ދިގު ނުވާގޮތަށް ފަހަރަކު 15 ދުވަސް އިތުރުކޮށްދެވިދާނެ އެވެ. އެކަމަކުން އިތުރުކޮށް ދޭ އެ މުއްދަތު 60 ދުވަހަށް ވުރެ އިތުރު ވެގެން ނުވާނެކަމަށް ގާނޫނު ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: