ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީ އިސްލާހު ކުރަނީ!

ރައީސް މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބައި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ވިސްނުން ގެންގުޅުއްވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް، ގައުމު ހިންގުމަށް މެނިފެސްޓޯ ތަންފީޒު ކުރުން މުހިންމުކަމަށެވެ. އަދި އެމަނިކުފާނަކީ ވަކިކަމެއް، ކުއްލިއަކަށް ގެންނަން އުޅުއްވާނެ ވެރިއެއް ނޫންކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމަށް ކަތާވަރަށް ނިޒާމު ބައްޓަން ކުރުމުގެ ވާހަކަ ދެއްކުން މުހިންމުކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ސިޔާސީ ނިޒާމާއި، ދުސްތޫރީ ނިޒާމު އޮތް ގޮތުން ކައިރި ކައިރީގައި ގިނަ އިންތިހާބުތައް ބާއްވަން ޖެހޭކަން ފާހަގަކޮށްފަ އެވެ. ޑިމޮކްރަސީއަކީ އެއީ ނަމަވެސް، އިންތިހާބުތަކަށް ބޮޑު ހަރަދުތަކެއްދާއިރު، ޒިންމާދާރުކަމެއް މިކަމުގައި މުހިންމުކަމަށް ރައީސް ވިދާޅުވި އެވެ.

އެއަށް ފަހު ރައީސް ފާހަގަކުރެއްވީ ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުގެ މުހިންމުކަމާއި އޭގެ ސަބަބުން ދައުލަތަށް ކުރާނެ ފައިދާތައް ފާހަގަކުރެއްވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: