ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް 2.27 ބިލިއަން ރުފިޔާގެ ގެއްލުން!

ޕީސީބީ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި 2.27 ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތުގެ ކުންފުނިތަކަށް ވެފައިވާކަން ހާމަވެއްޖެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އާންމު ކުރި ރިޕޯޓުން ދައްކާ ގޮތުގައި، ސަރުކާރު ހިއްސާވާ 32 ކުންފުންޏަކަށް މިދިޔަ ވަނީ އާމްދަނީގެ ގޮތުގައި 13.27 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން 30 އިންސައްތައަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފައިދާއެވެ.

ޕީސީބީގެ ރިޕޯޓުން ދައްކާ ގޮތުގައި، 2022 ވަނަ އަހަރާއި އަޅާބަލާއިރު، 2023 ވަނަ އަހަރު ސަރުކާރު ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންގެ އަދަދު ވަނީ އިތުރުވެފައެވެ. 2022 ވަނަ އަހަރު ސަރުކާރުގެ ކުންފުނިތަކުގައި ތިބީ 30،866 މުވައްޒަފުންކަމަށްވާއިރު، 2023 ވަނަ އަހަރު 3،483 މުވައްޒަފުން ވަނީ އިތުރުވެފައެވެ. އެހެންކަމުން 2023 ވަނަ އަހަރު ނިމުނުއިރު، 34،369 މުވައްޒަފުން ސަރުކާރުގައި ތިބިއެވެ.

މީގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބީ ފެނަކަ، އެމްޓީސީސީ އަދި އެމްއޭސީއެލްގައެވެ. އަހަރެއްގެ ތެރޭގައި 682 މުވައްޒަފުން ފެނަކައަށް އިތުރުވެފައިވާއިރު، އެމްޓީސީސީއަށް އަހަރެއް ތެރޭ 734 މުވައްޒަފުން ވަނީ އިތުރުވެފައެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައާއި އަދި އޭގެ އިތުރުން ހިނގާ ހަރަދު 1.5 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ޕީސީބީގެ ރިޕޯޓުން ދައްކައެވެ.

ޕީސީބީގެ ރިޕޯޓުން ދައްކާ ގޮތުގައި ލިބޭ އާމްދަނީއަށްވުރެ ބޮޑު އަދަދެއް މުސާރައަށް ހަރަދު ކުރެއެވެ.

މުސާރަ ދިނުމަށް އެންމެ ބޮޑު ހަރަދެއް ކުރަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް 3.28 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނުއިރު، 11.69 މިލިއަން ރުފިޔާ ވަނީ މުސާރައާއި އިނާޔަތްތަކަށް ހަރަދުކޮށްފައެވެ. ކައްދޫ އެއާޕޯޓަށް މި މުއްދަތުގައި ލިބިފައިވަނީ 2.96 މިލިއަން ރުފިޔާ ލިބިފައިވާއިރު، މުސާރައާއި އިނާޔަތްތަކަށް 6.14 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ރީޖަނަލް އެއާޕޯޓްސް ކޮމެޕެނީއަށް 7.65 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނުއިރު، މުސާރައާއި އިނާޔަތްތަކަށް 20.61 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: