ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެފް އޮތީ ރައްޔިތުންނާއެކު، އިދިކޮޅަކަށް ނޫން: ޔާމީން

.ކުރީގެ ރައީސް ޔާމިނު ޢަބްދުލްޤައްޔޫމު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންއެފް އަކީ އިދިކޮޅުގައި އޮތް ޕާޓީއެއް ނޫންކަމަށާއި، އެޕާޓީ އޮތީ ރައްޔިތުންނާއެކު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ، ރަސްމީކޮށް އިދކޮޅު ޕާޓީއެއްގެ ގޮތުގައި އޮތީ އެމްޑީޕީ ކަމަށާއި، ޕީއެންއެފްގެ ބޭފުޅުން ތިބީ ރައްޔިތުންނާއެކު ކަމަށެވެ. އަދި ސަރުކާރުން އޮތީ ހުރިހާ ކަމެއް ސިއްރު ކޮށްފައި ކަމަށާއި ނޫސްވެރިންގެ އަނގަމަތީގައި މަލަން އަޅާފައިކަމަށް ޔާމިން ވިދާޅުވިއެވެ. އެހެން ނަމަވެސް ސަރުކާރުން ކުރާ ގޯސް ކަންކަމުގެ ވާހަކަ އާންމު ރައްޔިތުންނަށް ކިޔައިދޭނެ ބަޔަކު ތިބުމަކީ މުހިންމު ކަމެއް ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޖަލްސާގައި ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމިނުވަނީީ އެމްޕީއެލް ޕޯޓުގެ ވާހަކައަށްވެސް އަލި އަޅުވައިލައިފައެވެ. ޔާމިނު ވިދާޅުވީ، އެމްޕީއެލް ޕޯޓު ބޭރުބަޔަކަށް ވިއްކާލުމުން އެޕޯޓަށް ދިވެހި ސިފައިންގެ ބާރު ނުހިގާނެ ކަމަށާއި، އެ ބަނދަރުތަކުން މަސްތުވާތަކެއްޗާއި އަދި އެހެނިހެން ތަކެތިވެސް ރާއްޖެއަށް އެތެރެކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށެވެ. ޔާމިނު ވިދާޅުވީ، އެމްޕީއެލް ބޭރުގެ ބަޔަކަށް ވިއްކާލުމަކީ ނަޝީދުގެ ވެރިކަމުގައި ބޭރުބަޔަކަށް ޖީއެމްއާރު ވިއްކާލުމާއި އެއްވަރުގެ ކަމެއް ކަމަށެވެ.

މީގެ އިތުރުން މި ޖަލްސާގައި ރާއްޖޭގެ އިގްތިސޯދީ ހާލަތަށް ނަޒަރު ހިންގަވާލައްވަމުން ރައީސް އަބްދުﷲ ޔާމީން ޖައްސަވާ ހިސާބާއި ގުޅުވައި ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ދެއްކެވި ވާހަކަތަކަށް ޔާމިނު ވަނީ ރައްދުދެއްވައިފައެވެ. ޕީއެންސީ ހަރުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރ ވަނީ މި ސަރުކާރުން އިގްތިސާދު ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ރައީސް ޔާމީނަށް އިޝާރާތް ކުރައްވައި ވިދާޅުވީ، ރައީސް ޔާމިން ވެރިކަން ކުރެއްވީ ދިވެހިރާއްޖޭގައި މިއަދު ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުން ޖަލަށް ލައިގެން ކަމަށެވެ. އަދި އިޤްތިސާދާއި ގުޅުންހުރި ކަންކަމާމެދުވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު ގައުމުގެ ހާލާތު ބަޔާންކޮށް ދެއްވަނީ އެމްއެމްއޭ އާ މީރާގެ ހިސާބުތަކުން ކަމަށާ އެހެން ކަމުން އިގްތިސޯދުގައި އެމަނިކުފާނު އޮޅުވާލަން ކުރައްވާނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ބައްޕާފުޅުގެ ހިސާބު ޖައްސަވާ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބަދަލުގައި ހިސާބު އަކުރުތަކުން އެމަނިކުފާނަށް ރައްދު ދެއްވުމަށް ރައީސް ޔާމީން ވަނީ ފައިސަލަށް ގޮވައިލައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: