ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަނޑޭރި ޕޭއިން އެމް ފައިސާ މެދުވެރިކޮށް ސަރުކާރުގެ ހިދުމަތްތަކަށް މިހާރު ފައިސާ ދެއްކޭނެ!

އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމްފައިސާ، އެކި ހިދުމަތްތަކަށް ފައިސާ ދެއްކުމަށް ބަނޑޭރި ޕޭއިން ޕޭމަންޓް އޮޕްޝަނެއްގެ ގޮތުގައި ބޭނުންކުރަން ފެށުން
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ، އެކި ހިދުމަތްތަކަށް ފައިސާ ދެއްކުމަށް ސަރުކާރުގެ ރަސްމީ ޕޯޓަލް ބަނޑޭރި ޕޭއިން ޕޭމަންޓް އޮޕްޝަނެއްގެ ގޮތުގައި ބޭނުންކުރަން ފަށައިފި އެވެ،

މީޑިއާތަކަށް މައުލޫމާތު ދެމުން އުރީދޫއިން ބުނެފައި ވަނީ މިއީ ފައިސާގެ މުއާމަލާތްތައް ޑިޖިޓައިޒްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަން އިތުރުވެ ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ބަނޑޭރި ޕޭއަށް އެމް ފައިސާ ހިމެނުމާއި އެކު، ސަރުކާރުގެ ހިދުމަތްތަކަށް ބޭނުންވާ ފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގައި މެދުކެނޑުމެއް ނެތި، ރައްކާތެރި އަދި ހަރުދަނާ ގޮތްތަކެއް ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވޭނެކަމަށް ބުންޏެވެ.

އުރީދޫއިން ބުނި ގޮތުގައި މިއީ ލައިސަންސަށް ފައިސާ ދެއްކިޔަސް، ހުއްދައަށް ވިޔަސް، ނުވަތަ ސަރުކާރާ ގުޅުންހުރި އެހެން ފީއަކަށް ވިޔަސް، އެމް-ފައިސާ މެދުވެރިކޮށް މޮބައިލް ޑިވައިސްއެއްގެ އެހީގައި އުނދަގުލެއް ނެތި ޑިޖިޓަލް ޕޭމަންޓް އެކްސްޕީރިއަންސެއް ކަށަވަރުކޮށްދޭ ޙިދުމަތެކެވެ.

ހިދުމަތް ތައާރަފު ކުރުމާއި ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ވިދާޅުވީ އެމް ފައިސާ ބަނޑޭރި ޕޭއަށް ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަކީ ބޮޑު ފަޚުރެއް ކަމަށެވެ.

އިންޓަގްރޭޝަނަކީ ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ކުރާ މަސައްކަތުގެ ހެއްކެއްކަމަށް ޢޭނާ ވިދާޅުވި އެވެ. އަދި އެމް ފައިސާއާ އެކު، ޑިޖިޓަލް ޕޭމަންޓްތައް އިތުރަށް ފަސޭހަކޮށްދިނުމުގެ އިތުރުން ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް ފުޅާކުރަމުން ގެންދާނެކަމަށް ވިދާޅުވި އެވެ.

އުރީދޫގެ އީޖާދީ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ވިސްނައިގެން، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ގިނަ ފީޗާތަކެއް ހިމަނައިގެންނެވެ. މިގޮތުން އެމް-ފައިސާ މެދުވެރިކޮށް:
އަވަސް އަދި ފަސޭހަ ޕޭމަންޓް: ފިޒިކަލް ކޭޝް ނުވަތަ ދިގު ޕްރޮސެސްތަކެއް ބޭނުން ނުކޮށް ސަރުކާރުގެ ހިދުމަތްތަކަށް ވަގުތުން ފައިސާ ދެއްކުން.
ސެކިއުރިޓީ އިތުރުކުރުން: ކޮންމެ މުއާމަލާތެއް ވެސް ހިމާޔަތްކުރާ އެންމެ ޒަމާނީ ސަލާމަތީ ފިޔަވަޅުތަކާއެކު ނަފްސުގެ ހަމަޖެހުން ހޯދުން.
ޔޫޒަރ ފްރެންޑްލީ އިންޓަރފޭސް: ފަސޭހަކަމާއެކު މުއާމަލާތްތައް ނެވިގޭޓްކޮށް ފުރިހަމަކޮށް، ޑިޖިޓަލް ޕޭމަންޓްތައް ކޮންމެ މީހަކަށްވެސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
24/7 މެދުނުކެނޑޭ ޚިދުމަތް: އެމް-ފައިސާ ބޭނުންކުރުން ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ވެސް، މެދުކެނޑުމެއް ނެތި ހިދުމަތް ކަށަވަރުކުރުން

އުރީދޫ މޯލްޑިވްސްއިން މަސައްކަތް ކުރަމުން ދަނީ ޑިޖިޓަލް ހިދުމަތްތައް އީޖާދުކޮށް ފުޅާކުރަމުންނެވެ. އަދި ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕްގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްގެ ދައުރު އިތުރަށް ހަރުދަނާކުރަމުންނެވެ.

ބަނޑޭރި ޕޭގައި އެމް-ފައިސާ ބޭނުންކުރެވެން ފެށުމުން، ޑިގިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުން މިދާ މަސައްކަތުގައި އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ..

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: