ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުންނަށް ވަޒީރުންނާ ސުވާލު ކުރުމަށް ލިބޭނީ 45 ސިކުންތު، އިތުރު ފުރުސަތެއް ނުދެވޭނެ: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް ތަޅުމުގައި މެމްބަރުން ވަޒީރުންނާއި ސުވާލު ކުރެއްވުމަށް ލިބިވަޑައިގަންނަވާނީ 45 ސިކުންތުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ވަޒީރަކު ހާޒިރުވުމުން، މެމްބަރުން އެކަމަކާއި ގުޅޭ އަމިއްލަ ވާހަކައެއް ނުވަތަ ސިޔާސީ ގޮތުން އެބޭފުޅަކު ގެންގުޅުއްވާ ހިޔާލެއް ވިދާޅުވުމަށް ފަހު ދެން ސުވާލު ކުރައްވާކަން އަބަދުވެސް ފާހަގަކުރެވެ އެވެ. އެގޮތުން މިއަދު ސްޕޯޓްސް މިނިސްޓަރ އަހުމަދު ރާފިއު މަޖިލީހަށް ހާޒިރު ކުރުމުން، ބާރަށު ދާއިރާގެ މެމްބަރު ސުވާލު ކުރައްވަން ފެއްޓެވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މިހާރު އޮތް ހާލަތާއި ގުޅެގޮތުންނެވެ.

އެގޮތުން އެ އެސޯސިއޭޝަނުން، ކުންޏަށް ދައްކަން ޖެހޭ ފީ ވެސް ނުދައްކައިގެން އެ އަޑުތައް ފެތުރިފައިވާކަމަށް ވިދާޅުވި އެވެ. އަދި ތަން އެއްކޮށް ބަނގުރޫޓުވެފައިވާކަން ފާހަގަކޮށް ސުވާލު ކުރިޔަށް ގެންދަވަން ފެއްޓެވުމުން ރިޔާސަތުން ޝުޖާއުގެ މައިކުގެ އަޑު ކަނޑާލި އެވެ.

އެގޮތަށް މައިކު ކަނޑާލުމުން، ކޮންމެވެސް ވަރަކަށް މަޖިލީހުގެ ތަޅުމުގައި އަޑުގަދަވުމުން، އަޑު މަޑުކޮށްދެއްވުމަށް އިލްތިމާސްކޮށް އަބްދުއްރަހީމް ވިދާޅުވީ ސުވާލު ކުރުމަށް ލިބިވަޑައިގަންނަވާނީ 45 ސިކުންތަށް ކަމަށެވެ. އަދި އެކަން ސުވާލަށް ހުޅުވާލުމުގެ ކުރިޔަށް ވެސް ދެންނެވިކަމަށާއި އެ ނޫން ގޮތަކަށް މަސައްކަތް ކުރިޔަށް ގެންދެވިދާނެކަމަށް ނުފެންނަކަމަށް ވިދާޅުވި އެވެ.

މިހާރު ސުވާލު ކުރަން އަޅުގަނޑުމެންނަށް މި އޮންނަނީ ގަވައިދުގައި 45 ސިކުންތު ދެވެން.. ސުވާލަށް ހުޅުވާކަމުން ދެންނެވިން ކޮންމެ ބޭފުޅަކަށް ވެސް ލިބިވަޑައިގަންނަވާނީ 45 ސިކުންތޭ.. ސުވާލު ބައްޓަން ކުރަންވާނީ އެ 45 ސިކުންތު ތެރޭގައި އެ ސުވާލު ބައްޓަން ކުރެވޭ ގޮތަށް.. އެ ނޫން ގޮތަކަށް މާ ދިގުކޮށް ދޭން ވެއްޖެއްޔާ އަޅުގަނޑުމެންނަކަށް މިކަމެއް ނުއެއް ކުރެވޭނެ.. އެހެންވީމަ ވަރަށް ހިތާމައާއި އެކު ދަންނަވަން ޖެހެނީ އަޅުގަނޑުމެންނަކަށް ނެތޭ.. އެހެންނެއް ނޫން ވަގުތު ހަމަވިއިރު ސުވާލުގެ ބަޔަކާއި ހަމައަށް ދެވުނު ނަމަ އަނެއްބައި ފުރިހަމަ ކުރަން ވަގުތުކޮޅެއް ދެވުނީސް.. އެހެންވީމަ އިތުރު ފުރުސަތެއް ދެވެން ނެތް ވާހަކަ ދަންނަވަން..

އަބްދުއްރަހީމް ވިދާޅުވީ ވަގުތު ހަމަވާއިރު، ސުވާލު އެއްކޮށް ފުރިހަމަ ނުކުރެވި ވާނަމަ ވެސް ފުރުސަތު ދެއްވާނެކަމަށެވެ. އެހެން ނަމަވެސް އަމިއްލަ ވަގުތުތައް އެގޮތުގައި، ހޭދަ ކުރުމުގެ ސަބަބުން ދަތިތައް ދިމާވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ވަރަށް ގަދަ
45%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 55%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: