ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްދަ ނުހޯދައި އޮންލައިން ކޯސްތައް ހިންގާނަމަ ފިޔަވަޅު އަޅަނީ!

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

އީ-ލާނިންގެ ހުއްދަ ނުހޯދައި އޮންލައިން ކޯސްތައް ހިންގާ ކޮލެޖުތަކާއި ޔުނިވާސިޓީތަކަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފިއެވެ.

އެމްކިއުއޭއިން މިހެން ބުނީ އެ އޮތޯރިޓީއިން ކުރި އިއުލާނެއްގައެވެ. އެގޮތުން އްދަ ނުހޯދައި އޮންލައިން ކޯސްތައް ހިންގާ ކަމުގެ ޝަކުވާ ލިބެމުންދާކަމަށް ބުނެފައިވެއެވެ. އެ އޮތޯރިޓީއިން ބުނީ އޮންލައިންކޮށް ކޯސްތައް ހިންގަން މަތީ ތައުލީމުދޭ ހުރިހާ މަރުކަޒުތަކަކަށް ދީފައިވާ ހުއްދަ މިހާރު ބާތިލުކޮށްފައިވާކަމަށެވެ.

މެއި 16، 2022 ގައި އެމްކިޔުއޭއިން ވަނީ ”ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު“ އަދި ”ގައިޑްލައިންސް ފޯ އީ-ލާނިން ގަވާއިދު  ގެޒެޓްކޮށްފައެވެ.

ކޮލެޖްތަކާއި ޔުނިވާސިޓީތަކުން އެ ގަވާއިދާ އެއްގޮތަށް ޕްރޮގްރާމްތައް ހުށަހަޅައި ހުއްދަ ހޯދަން ޖެހޭނެކަމަށެވެ. އެމްކިޔުއޭއިން ވަނީ ކިޔަވަން ފެށުމުގެ ކުރިން އެ ކޯހަކީ ހުއްދަ ދީފައިވާ ކޯހެއްތޯ ޔަގީންކޮށް، ކަށާވަރުކުރުމަށް އިލްތިމާސް ކޮށްފައެވެ.

އެކްރެޑިޓްކޮށްފައި ނުވާ ކޯހަކުން ހޯދާ ސަނަދެއް ގަބޫލު ނުކުރާނެކަމަށްވެސް އެ އޮތޯރިޓީއިން ބުނިއެވެ.

އެ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް ކޮލެޖްތަކާއި ޔުނިވާސިޓީތަކުން ކޯސްތައް އިޝްތިހާރުކޮށް ހިންގާނަމަ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދުގެ ދަށުން އެ ތަނަކަށް ފިޔަވަޅު އަޅާނެކަމަށް މީގެ ކުރިންވެސް އެމްކިޔުއޭއިން ބުނިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: