ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ށ އަތޮޅުގައި އިބަމަ ޕްރޮގްރާމް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ށ.އަތޮޅު ކައުންސިލުގެ އިސްނެގުމާއެކު އިޖުތިމާއީ އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ށ.އަތޮޅުގެ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މެންބަރުންނަށް އަމާޒުކޮށް 16 ޖުލައި 2024 އިން 22 ޖުލައި 2024 އަށް ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމް ފަށައިފިއެވެ.

މި ތަމްރީނަށް ށ. އަތޮޅުގެ ހުރިހާ ރަށްރަށުގެ މުއައްސަސާތަކުން ފުރިހަމަ އެއްބާރުލުން ދެއްވަމުން ދާކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. މި ތަމްރީނު ފަރުމާކޮށްފައިވަނީ ށ. އަތޮޅުގައި އިބަމައިގެ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، މި މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް ކުރެވިދާނެ ކަންކަމުގައި އަމަލީގޮތުން ބައިވެރިވާ ހަރަކާތްތައް ހިމަނައިގެން ކަމަށް އެ މިނސިްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން ރަށްރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެފަރާތްތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގައި އިބަމައިގެ މެންބަރުންނަށް ކުރެވޭނެ ކަންކަމާއި، އެ މަސައްކަތްތައް ކުރުމަށް މެންބަރުންނަށް ބޭނުންވާނެ ތަފާތު އެކި ހުނަރާއި ގުޅޭގޮތުންވެސް މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހަމަ މި ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ފަރާތްތަކުގެ ހާލަތު ވަޒަންކުރާނެ ގޮތާއި، ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތުވެސް މި ތަމްރީނު މެދުވެރިކޮށް ބައިވެރިންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: