ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ބަޔާން ހުށައަޅަން އޮންނަ ގޮތަށް ބަދަލު ގެނެސްފި

ރައްޔިތުންގެ މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރުމަށްފަހު، ތިން މަސް ދުވަސް ތެރޭގައި ފުރަތަމަ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރަން މަޖިލީހުގެ އާންމު ކޮމިޓީއިން ފާސްކޮށްފިއެވެ.

މިޙާރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައި އޮންނަ ގޮތުން މަޖިލީހުގެ މެންބަރުންގެ ފުރަތަމަ މާލީ ބަޔާން ހުށަހަޅަން ޖެހެނީ ންބަރު ކަމުގެ ހުވާކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައެވެ.

ކޮމިޓީ ބައްދަލުވުމުގައި ނިންމީ މެންބަރުން ހުވާ ކުރާ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ފުރަތަމަ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށެވެ. މިގޮތަށް ފާސްކުރީ މުޅި ކޮމިޓީގެ އިއްތިފާގުންނެވެ.

މިއީ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ހުށައެޅުއްވުމެކެވެ. މެންބަރުން ގަބޫލު ކުރައްވަނީ މިއީ އެންމެ ނަޒާހާތްތެރި ގޮތް ކަމަށެވެ.

ނަމަވެސް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވިދާޅުވީ މެންބަރުން އިންތިހާބަށް ހަރަދު ކުރެއްވި ގޮތުގެ މާލީ ބަޔާންތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށ އެއް އަހަރު ދުވަހުގެ ތެރޭގައި ހުށައެޅުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ. މި ހުށައެޅުއްވުމަށް އެއްވެސް މެންބަރަކު ތާއީދެއް ނުކުރައްވައެވެ.

މީގެ އިތުރުން އެހެން ބަދަލުތައްވެސް ގެނައެވެ. އެގޮތުން މާލީ ބަޔާން ހުށަނާޅާ މެންބަރުންގެ ނަން އެންމެ ފުރަތަމަ ބާއްވާ ޖަލްސާގައި އިއްވުމަށް ވަނީ ފާސްކޮށްފައެވެ. އެ މެންބަރުންނަށް މަޖިލިސް ޖަލްސާތަކާއި ކޮމިޓީތަކުގެ އިތުރުން ރަސްމީ ދަތުރުތަކުގައި ބައިވެރިވެރިނުވެވޭ ގޮތަށްވެސް ވަނީ ބަދަލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: