ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީ ކައުންސިލްގެ 3 ގޮނޑިވެސް ޕީއެންސީއަށް ލިބިއްޖެ

ބައި އިލެކްޝަންގެ ތިން ގޮނޑި ވެސް ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގެ ތިން ގޮނޑި ވެސް ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

ބައި އިލެކްޝަންގައި ޕީއެންސީން ނެގީ ހުޅުމާލެ ދާއިރާގެ ގޮނޑި އާއި ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި އާއި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު ޝައުފާ ސަލީމެވެ. ޝައުފާ އާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު އަލީ ޖިނާދުއެވެ. މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު އިޝާން އަލީއެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ހައްވާ ޝިފާނާއެވެ.
ހުޅުމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަލީ އައިމަންއެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރަޝީދު އާއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް ގޮނޑި ހުސްވީ އެ ދާއިރާގެ ކައުންސިލަރު ކަން ކުރެއްވި އަހުމަދު އައިފާން 20 ވަނަ މަޖިލިހަށް އިންތިހާބުވެވަޑައިގަތުމުންނެވެ. މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ވެސް ހުސްވީ، އެ ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު، އެ ދާއިރާގެ މެމްބަރު ކަމަށް ވަޑައިގަތުމުންނެވެ. އަދި ހުޅުމާލެ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ކައުންސިލަރަކަށް ހުންނެވި އިބްރާހިމް ޝުޖާއު، ބާރަށު ދާއިރާގެ މެމްބަރު ކަމަށް ވަޑައިގަތުމުންނެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 45%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 0%ވަރަށް ދެރަ 27%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: