ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައި އިލެކްޝަނުގެ ގޮނޑިތައް ޕީއެންސީއަށް، ރައީސްގެ ހޫނު މަރުހަބާއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގެ 5 ގޮނޑި ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބު ކުރުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޫނު މަރުހަބާއެއް ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސިގެ ކެންޑިޑޭޓުންނަށާއި، ކެމްޕޭންގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކާއި އަދި ވޯޓު ދެއްވި ހުރިހާ ރައްޔތިތުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ބައި އިލެކްޝަންގައި މާލެ ސިޓީ ކައުންސިލްގެ 2 ގޮނޑިވެސް ވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ. އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލް ބައި އިލެކްޝަން އިންތިހާބު ތަފާތު ބޮޑު ނަތީޖާއަކުން ވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ޕީއެންސީ ނެގީ ހުޅުމާލެ ދާއިރާގެ ގޮނޑި އާއި ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި އާއި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު ޝައުފާ ސަލީމެވެ. ޝައުފާ އާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު އަލީ ޖިނާދުއެވެ. މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު އިޝާން އަލީއެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ހައްވާ ޝިފާނާއެވެ.
ހުޅުމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަލީ އައިމަންއެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރަޝީދު އާއެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ބައި އިލެކްޝަން މިއަދު ބާއްވާފައި ވަނީ، އެ ގޮނޑި ކުރިން ތަމްސީލު ކުރައްވަމުން ގެންދެވި މުހައްމަދު ދާއޫދު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމުންނެވެ.

ކައުންސިލް ބައި އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން އިބްރާހީމް ވާދަކުރި އިރު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރީ ޝަމްނޫޒު މުހައްމަދު ނައީމެވެ. އިންތިހާބުގައި އިބްރާހީމަށް 445 ވޯޓު ލިބުނުއިރު، ޝަމްނޫޒަށް ލިބިފައި ވަނީ 185 ވޯޓެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް ގޮނޑި ހުސްވީ އެ ދާއިރާގެ ކައުންސިލަރު ކަން ކުރެއްވި އަހުމަދު އައިފާން 20 ވަނަ މަޖިލިހަށް އިންތިހާބުވެވަޑައިގަތުމުންނެވެ. މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ވެސް ހުސްވީ، އެ ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު، އެ ދާއިރާގެ މެމްބަރު ކަމަށް ވަޑައިގަތުމުންނެވެ. އަދި ހުޅުމާލެ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ކައުންސިލަރަކަށް ހުންނެވި އިބްރާހިމް ޝުޖާއު، ބާރަށު ދާއިރާގެ މެމްބަރު ކަމަށް ވަޑައިގަތުމުންނެވެ.

ވަރަށް ގަދަ
42%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: