މޯލްޑިވްސް ފައިނޭންސް ފޯރަމް 2024 މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ މި ފޯރަމް ފެށުމަށް ހަމަޖެހިފައި ވަނީ ކުރުނބާ މޯލްޑިވްސްގަ އެވެ. މި އަހަރުގެ ފޯރަމްގައި ޕެންޝަން ނިޒާމާއި ގުޅޭ މަޝްވަރާތައް ކުރިޔަށް ގެންދާނެ އެވެ.
މި އަހަރުގެ ފޯރަމް ޝިއާރަކީ ”ސަސްޓެއިނަބަލް ޕެންޝަން ސިސްޓަމް“ ނުވަތަ ”ދެމެހެއްޓެނިވި ޕެންޝަން ނިޒާމް“ އެވެ. ފޯރަމްގެ މައުލޫމާތު ދެމުން ޕެންޝަން އޮފީހުން ބުނީ މި އަހަރުގެ ފޯރަމްގައި މަޝްވަރާތައް ކުރިޔަށް ގެންދާނީ މި މައުޟޫއުތަކުގެ މައްޗަށް ކަމަށެވެ. އަދި ޕެންޝަން ޒާމުގެ ދެމެއްޓެނިވިކަމާއި ކުރިމަގަށް ހުރި ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
2012 އިން ފެށިގެން ބާއްވަމުން އަންނަ މި ފޯރަމް އިންތިޒާމުކޮށް ބާއްވަމުން އައީ ޕެންޝަން އޮފީހުންނެވެ.

