އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ބޭނުންވާއިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް މަގުދައްކައިދޭއޮނިގަނޑެއް ކަމަށާއި، މި ނިޒާމުގެ ބަހާތައްކަމަށްވާ އިޖުތިމާއީ އިންޝިއުރެންސް އަދިއިޖުތިމާއީ ޚިދުމަތްތަކާއި އެހީ ފޯރުކޮށްދެވޭކަން ކަށަވަރުކުރެވޭނެ މައިގަނޑު އެއްތަނބަކީ ޕެންޝަން ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ އިޖުތިމާޢީ ރައްކާތެރިކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤެއް ކަމަށެވެ. މި ހައްގުންކަށަވަރުކޮށްދެނީ އެއްވެސް ފަރާތެއް ބާކީ ނުކުރުމުގެ ސިޔާސަތު ކަމަށާއި، އެގޮތުންކުޑަކުދިން، ޒުވާޏުން، އުމުރުން ދުވަސްވީ މީހުނާއި ޚާއްސަ އެހީއަށް ބޭނުންވާފަރާތްތައް ހިމެނޭހެން ހުރިހާ ދިވެހީންނަކީ މުޖުތަމަޢުގައި ފުރިހަމައަށް ހިއްސާވާ،އަބުރުވެރިކަމާއި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ހައްޤުއޮތް ބަޔަކަށް ހަދަންޖެހޭކަމަށެވެ.
އެގޮތުން ސަރުކާރުން އަމާޒު ހިފާފައިވަނީ އިސްރަށްވެހިން ހިމެނޭހެން ނާޒުކުހާލަތުގައި ދިރިއުޅޭ އަދި އެފަދަ ހާލަތަށް ހުށައެޅިދާނެ ފަރާތްތަކަށް އަމާޒުކޮށްގެންއިންސާފުވެރި، ދެމެހެއްޓެނިވި އަދި އެކަށީގެންވާ އާމްދަނީއެއް ލިބޭނެގޮތްމަގުފަހިވާނެފަދަ، ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ހުރިހާ ރައްޔިތުންނަށް ދިމާވާއިޤުތިޞާދީ، އިޖުތިމާޢީ ލޮޅުންތަކާއި ޤުދުރަތީ ކާރިޘާތަކުން ރައްކާތެރިކޮށްދޭނެ”ހާމަނައިޒްޑް“ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ޤާއިމްކުރުމަށް ކަމަށް ވަޒީރުވިދާޅުވިއެވެ.
އެއާއެކު އެކަމަނާ ވިދާޅުވީ ފުރިހަމަ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއްގެއަސާސްތަކަކީ ދިވެހިރާއްޖޭގެ ހާލަތަށް ފެތޭ، ބައިނަލްއަޤްވާމީ ހަމަތަކާއި އެއްގޮތަށް،ހުރިހާ އުމުރުފުރައަކަށް އަމާޒުކުރެވިގެން ދިރިއުޅުމުގެ ހުރިހާ މަރުހަލާތަކެއްގައިފަޤީރުކަމާއި، ނާޒުކު ހާލަތަށް އަދި އިޖުތިމާޢީ ގޮތުން ހަވާސާވެދާނެކަމަށް ހުށައެޅޭފަރާތްތައް މަދުކުރެވޭނެ ހާލަތްތަކުގައި ތިބި ފަރާތްތައް އެހާލަތުން އަރައިގަތުމަށްމަގުފަހިކޮށްދޭގޮތަށް ރޭވިފައިވާ ސިޔާސަތުތަކާއި ދައުލަތުން ފޯރުކޮށްދޭ ނުވަތައަމިއްލައަށް އެދިގެން ބައިވެރިވެވޭ ރޭވިފައިވާ ޕްރޮގްރާމްތަކެއްކަމަށެވެ.
އަދި މިނިޒާމުގެ މައިގަނޑު ބަހާތައް ކަމަށްވާ އިޖުތިމާޢީ އެހީ، އިޖުތިމާޢީއިންޝުއަރެންސް އަދި އިޖުތިމާޢީ ޚިދުމަތްތަކަކީ ރައްޔިތުންނަށް ދިމާވާ އަދިދިމާވެދާނެ އެކިކަހަލަ ލޮޅުންތަކުން ރައްކާތެރިކުރުމަށް ދުރާލާ ތައްޔާރުވުމަށްއެކުލެވޭ ޕްރޮގްރާމެއް ކަމަށާއި، އޭގެ ތެރެއިން ވެސް ޕެންޝަނަކީ އިޖުތިމާޢީ އެހީ އާއިއިޖުތިމާޢީ އިންޝިއުރެންސް ހާސިލްކުރެވޭނެ މައިގަނޑު އެއް ތަނބުކަމަށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ވިދާޅުވެފައެވެ.
ކުރުނބާ މޯލްޑިވްސްގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންކުރިއަށްގެންދާ މިއަހަރުގެ މި ފައިނޭންސް ފޯރަމްއަކީ ދެމެހެއްޓެނިވި ޕެންޝަންނިޒާމެއް ޤާއިމްކުރުމަށް މުހިންމު މަޝްވަރާތަކެއް ކަމާގުޅުންހުރި ތަޖުރިބާކާރުންނާއިފަންނީ ބޭފުޅުން އަދި ގުޅުންހުރި އެންމެހައި މުއައްސަސާތަކުގެ މަންދޫބުންގެ މެދުގައިކުރިއަށްދިޔަ ފޯރަމެކެވެ.

