ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ހަރުގެ ޖަލްސާއެއް މާދަމާ ރޭ ”ޕީއެންސީ ހައުސް“ ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ރަސްމީކޮށް ޕާޓީ ހަރުގެ ހުޅުވި ފަހުން މިއީ ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ތިންވަނަ ޖަލްސާއެވެ.
މީގެ ކުރިން ރައީސް މުއިއްޒާއި، ކެބިނެޓު ވަޒީރުން އަދި ސަރުކާރުގެ އިސް މަގާމުތައް އަދާކުރައްވާ ބޭފުޅުން ހަރުގެ ރަސްމީކޮށް ހުޅުވި ޖަލްސާގައި ބައިވެރިވި އެވެ. އެއަށް ފަހުން މިހާތަނަޑް ކޮންމެ ހަފްތާއެއްގައި ވެސް ވަނީ ބައެއް މަޖިލިސް މެމްބަރުން ބައިވެރިވެ ހަރުގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
މާދަމާ ރޭ ޕީއެންސީ ޖަލްސާ ހަރުގޭގައި ބެއްވުމަށް ހަމަޖެހިފައި ވަނީ 21:00 ގަ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާއި، އަދި ސަރުކާރާއި ގުޅުވައި ކުރާ ތުހުމަތުތަކަށް މާދަމާރޭގެ ޖަލްސާގައި ރައީސް އަނެއްކާވެސް ރައްދު ދޭނެކަމަށް ބެލެވެ އެވެ. އަދި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ވެސް ވަނީ ސަރުކާރާއި، ރައީސް މުއިއްޒަށް އަމާޒުކޮށް އިދިކޮޅުގެ ތުހުމަތުތަކަށް ރައްދު ދެއްވާފަ އެވެ.

