ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީ ޖަލްސާ އެހެން ދުވަހަކަށް ފަސްކޮށްފި

ޕީއެންސީގެ ހަރުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ހަރުގެއަށް ވަޑައިގަންނަވަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ހަރުގެ ޖަލްސާ އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

މިރޭގެ ޖަލްސާ ފަސް ކުރި ސަބަބެއް އަދި ސާފެއް ނޫނެވެ. އެހެން ނަމަވެސް، މީޑިއާތަކަށް މައުލޫމާތު ދެމުން ޕާޓީން ބުނެފައި ވަނީ ޖަލްސާ ފަސް ކުރީ އަންނަ ހަފްތާގެ ދުވަހަކަށް ކަމަށެވެ.

ހެންވޭރު އާޓިފިޝަލް ބީޗު ކުރިމަތީ، ޕީއެންސީގެ ހަރުގެ ހުޅުވިފަހުން ކޮންމެ ހަފްތާއަކު ވެސް ޖަލްސާތައް ކުރިޔަށް ގެންދެ އެވެ. އަދި އޭގެ ތެރެއިން ދެ ޖަލްސާއެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފައި ވެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާއި، އަދި ސަރުކާރާއި ގުޅުވައި ކުރާ ތުހުމަތުތަކަށް މި ޖަލްސާތަކުގައި ރައްދު ދެއެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތްތަކުގެ މުހިންމު މައުލޫމާތުތަކެއް ހިއްސާ ކުރާކަން ވެސް ފާހަގަކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: