ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ހަރުގެ ޖަލްސާ އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.
މިރޭގެ ޖަލްސާ ފަސް ކުރި ސަބަބެއް އަދި ސާފެއް ނޫނެވެ. އެހެން ނަމަވެސް، މީޑިއާތަކަށް މައުލޫމާތު ދެމުން ޕާޓީން ބުނެފައި ވަނީ ޖަލްސާ ފަސް ކުރީ އަންނަ ހަފްތާގެ ދުވަހަކަށް ކަމަށެވެ.
ހެންވޭރު އާޓިފިޝަލް ބީޗު ކުރިމަތީ، ޕީއެންސީގެ ހަރުގެ ހުޅުވިފަހުން ކޮންމެ ހަފްތާއަކު ވެސް ޖަލްސާތައް ކުރިޔަށް ގެންދެ އެވެ. އަދި އޭގެ ތެރެއިން ދެ ޖަލްސާއެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފައި ވެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާއި، އަދި ސަރުކާރާއި ގުޅުވައި ކުރާ ތުހުމަތުތަކަށް މި ޖަލްސާތަކުގައި ރައްދު ދެއެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތްތަކުގެ މުހިންމު މައުލޫމާތުތަކެއް ހިއްސާ ކުރާކަން ވެސް ފާހަގަކުރެވެ އެވެ.

