ޖުލައި 29 ވާ ހޯމަ ދުވަހުގެ ކުރިން ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަނުކުރުމާއިމެދު ގޮތެއް ނިންމަން މާލިއްޔަތު ކޮމިޓީން ކަނޑައަޅައިފިއެވެ.
އެމްއެމްއޭގެ ގަވަނަރުގެ ގޮތުގައި ހުންނެވި އަލީ ހާޝިމް މަގާމުން ވަކި ކޮށްފައިވާއިރު، މަޖިލީހުންދަނީ ހުސްވެފައިވާ މަގާމަށް މީހަކު އައްޔަނުކުރުމުގެ މަސައްކަތްތައް ކުރަމުނެެވެ. އެގޮތުން ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގުގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި މުނައްވަރުގެ ނަން ފޮނުވާފައިވާއިރު މަޖިލީހުގެ ތަޅުމުން ކޮމިޓީއަށް ފޮނުވުމާއިއެކު މާލިއްޔާތު ކޮމިޓީއިންވަނީ އެކަމަށް ބޭނުންވާ ދިރާސާތައް ކުރަން ފަށާފައެވެ.
އެހެންނަމަވެސް މުނައްވަރު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައިކަމަށްވުމުން ކޮމިޓީއަށް ހާޒިރުކުރެވިފައިނުވެއެވެ. އެހެންކަމުން އިންޓަރވިއު ކުރުމަށް ފުރުސަތު ލިބިފައިނުވާއިރު މުގައްރިރު މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްވަނީ މުނައްވަރަށް ރުރުހުން ދިނުމަށްޓަކައި ބޭނުންވާ މައުލޫމާތު ދެނެގަތުމުގެ ގޮތުން ކަމާއި ބެހޭ މުއައްސަސާތަކަށް ފޮނުވާފައިވާކަން ހާމަކުރައްވާފައެވެ. އަދި ކޮމިޓީގެ މަޝްވަރާއަށްފަހު މެމްބަރުންވަނީ 29 ޖުލައިވާ ހޯމަދުވަހުގެ ނިޔަލަށް އައްޔަނުކުރުމާއިމެދު ގޮތެއް ނިންމުމަށް އިއްތިފާގު ވެފައިކަން ފާހަގަކުރެވެއެވެ.

