ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމާނީ ބޭހުގެ ބަހުސް: ހުރިހާ ކްރެޑިޓެއް ހައްގީ ރައީސް މުއިއްޒުއަށް! މިއީ އެހެން ބަޔަކަށް ބުނާ ދެރަބަހެއް ނޫން!

ބޭސްފިހާރަތަކެއްގެ ނަން ބޯޑުތަކެއް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ފެންވަރު ރަނގަޅު ބޭސް ނުލިބި، ނުރައްކާތެރި މާއްދާތައް އެކުލެވޭ ބޭސްތައް އެތެރެ ކުރާ މައްސަލައަކީ ދޭތެރެ ދޭތެރެއިން ފެންމަތިވާ މައްސަލައެކެވެ. މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވެސް މީގެ ކުރިން ވަނީ އާންމުކޮށް ބޭނުންކުރާ ބައެއް ބޭސްތައް ވެސް ބޭނުންނުކުރަން އަންގާފައެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭސް އެތެރެ ކުރަނީ އިންޑިއާ އިންނެވެ.

ނިމިދިޔަ ސަރުކާރުތަކުން މިކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ދައުރު ނިމިގެން ދިޔައިރުވެސް މިކަން ކާމިޔާބު ވެފައެއް ނުވެއެވެ. މިކަން ކާމިޔާބު ކުރައްވާފައިވަނީ މި ސަރުކާރުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ކެނޑިނޭޅީ ކުރެއްވި މަސައްކަތްޕުޅުންނެވެ.

”އާދައިގެ ބޭސް (ގެނައުން) ނިމުކަކަށް ގެނެސް، ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރުން ބަދަލު ކުރާނަން. އެކަންތައް މިހާރު ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގައުމަށް ދެން މާ ލަސްތަކެއް ނުވެ، އެތެރެ ކުރާނީ ޔޫރަޕްގެ އަސްލު ބޭސް އުފައްދާ ތަންތަނުންނާއި އެމެރިކާގެ ތަންތަނުން،“ ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސައްކަތް ބާރަށް ކުރިއަށް!

ބޭސް އެތެރެކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މާލީ ވުޒާރާއިން ޔުނައިޓެޑް ނޭޝަންސް ޑިވަލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު މި އެއްބަސްވުމާއެކު އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން ލިބިގެންދާނެއެވެ.

އެސްޓީއޯއިން ވަނީ ޔޫރަޕް ކޮލިޓީގެ ހަތް ބާވަތެއްގެ އަސާސީ ބޭހަކާ އެކު، ފުރަތަމަ ޝިޕްމަންޓް އިއްޔެ ގެނެސްފައެވެ. މި ބޭސްތައް ރާއްޖެއަށް ގެންނަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ މަރުހަލާގައި މިއަހަރު ފުރަތަމަ 7 ބޭސް ދައުރުކުރަން ފަށާއިރު، ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ފުރިހަމަ ކޮށް އެއަށްފަހު އިތުރު 3 ބޭސް ދައުރު ކުރާނެއެވެ. ދެވަނަ މަރުހަލާގައި ގިނަ ބޭސްތައް ބަލްކް ޕްރޮކިއުމަންޓް ކޮށް ރާއްޖެއަށް ބޭނުންވާ އަސާސީ ހުރިހާ ބޭހެއް ނިޒާމުގެ ތެރެއަށް ގެންނާނެއެވެ.

ސަރުކާރުން ވަނީ މި މުހިންމު މަސައްކަތް ތަންފީޒު ކުރާނެ ގޮތުގެ މަގު ޗާޓެއް ވެސް ދެ މަރުހަލާއަކަށް އެކުލަވާލާފައެވެ. ފުރަތަމަ މަގުޗާޓަށް މި މަހު އަމަލު ކުރަން ފަށާފައިވާއިރު ދެވަނަ މަގުޗާޓަށް އޮކްޓޫބަރު މަހުން ފެށިގެން އަމަލުކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މަގުޗާޓުގެ ފުރަތަމަ މަރުހަލާ

  • ބޭސް ލިބެން ފެށުން
  • ޑޮކްޓަރުން ބޭސް ލިޔާގޮތަށް ބަދަލު ގެންނަން ފެށުން
  • އަމިއްލަ ވިޔަފާރީތަކަށް ސްޓޮކާ ގުޅޭގޮތުން ދުރާލާ އެންގުން

މަގުޗާޓުގެ ދެވަނަ މަރުހަލާ

  • އާސަންދައިގެ އަސާސީ އަގަށް ބަދަލު ގެނައުން
  • ބްރޭންޑަޑް ބޭހެއް ނަމަ ޚާއްސަ ސަބަބެއް އޮންނަން ޖެހޭ
  • އަސާސީ އަގަށްވުރެ ބޮޑުނަމަ އެ މިންވަރު އަމިއްލަ ޖީބުން ދައްކަންޖެހޭ

ބޭހުގެ އަގުހެޔޮވުމާއިއެކު ގައުމުގެ އިގްތިސާދަށް ބޮޑު ލުޔެއް!

މިކަމާއި ގުޅުގެން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ރާއްޖެ މިއަދު ޕޮރޮގްރާމަށް މައޫލޫމާތު ދެއްވަމުން ވިދާޅުވީ ބޭސް އެތެރެކުރާ ނިޒާމް އެގޮތަށް ބަދަލުވެގެން ދިއުމުން ދައުލަތަށް ވެސް ހަރަދުތައް ކުޑަވާ ކަމަށެވެ. އާސަންދައިގެ ބަޖެޓް ކޮންމެ އަހަރުން އަހަރު އިތުރުވަމުން ދާ ކަމަށާއި އެ ބަޖެޓްގެ ތެރެއިން 50 އިންސައްތަ އަކީ ބޭހަށް ކުރާ ހޭދަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޭހުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އާސަންދައިގެ ތެރެއިން ބޭހަށް ކުރެވޭ ހަރަދު ކުޑަވެގެންދާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ޔޫރަޕްގެ ކޮލިޓީ ބޭސް ހެޔޮ އަގެއްގައި ރާއްޖެއަށް އެތެރެ ކުރަން ފެށުމާއެކު ދައުލަތުގެ ބަޖެޓުން 500 މިލިއަން ރުފިޔާ ސަލާމަތްވެގެންދާނެއެވެ.

މީގެ އިތުރުން މިހާރު ދައުލަތުން ފޯރުކޮށްދޭ އާސަންދަ މިހާރު ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ތައިލެންޑާއި، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމަށެވެ.
މި ހުރިހާ ކަމަށް ބާލަފައި، ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިކަމަކީ އިތުރު އެއްވެސް ސަރުކާރަކަށް / މީހަކަށް ކްރެޑިޓް ނެގެން އޮތް ކަމެއް ނޫނެވެ. މިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒާމަތުގައި އެމަނިކުފާނުގެ މަސައްކަތުން ހާސިލްވި ކަމެކެވެ. ދިވެހިންނަށް ޒަވާނީ ބޭސް ފޯރުކޮށްދެއްވުމުގެ ހައްގުވެރި ފަރާތަކީ އަދި އެކަމުގެ ހުރިހާ ރީތި ނަމެއް ލިބޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށެވެ. މިއީ އެހެން ބަޔަކަށް ބުނާ ދެރަބަހެއް ނޫނެވެ.

ވަރަށް ގަދަ
28%ވަރަށް ގަދަ 66%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނިކަމެތި ރައްޔިތުންގެ ޖީބުން އަގުގެ ބައެއް ދައްކަން ޖެހުނީމާ ކިހާދެރަ ވީ ވައުދު އެކޮޅުކޮޅުން ޖެހުނީނޫން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: