ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ހާލަތުގައި ފައިސާ ޗާޕްކޮށްގެން ދައުލަތަށް ވީ އެއްވެސް ފައިދާއެއް ނެތް: އަލީ މޫސާ

ހޯރަފުށީ ދާއިރާގެ މެމްބަރު އަލީ މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑްގެ ހާލަތުގައިވެސް ފައިސާ ޗާޕްކޮށްގެން ދައުލަތަށް ވީ އެއްވެސް ފައިދާއެއް ނެތްކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަލީ މޫސާ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި އަލީ ވިދާޅުވީ ދައުލަތުގެ ހަރަދުތައް ބޮޑުވެގެން 2024 ވަނަ އަހަރާއި ހަމައަށް އައިއިރު ލިބޭ އާމްދަނީ އާއި ކުރާ ހަރަދުގެ ފަރަގު ބޮޑު ކަމަށެވެ. ވޭތުވެދިޔަ 10 ނުވަތަ 12 އަހަރުގައި ދައުލަތުގެ އާމްދަނީ އާއި ކުރާ ހަރަދުގެ ތަފްސީލަށް ބަލާއިރު އެއީ ކުއްލިއަކަށް ވެގެންދިޔަ ކަމެއް ނޫން ކަމަށް ފާހަގަވެގެން ދާނެ ކަމަށް އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ 2012 ވަނަ އަހަރު މުޅި ދައުލަތުގެ އާމްދަނީ ހުރީ 10 ބިލިއަން ރުފިޔާގައި ކަމަށާއި އެހެންނަމަވެސް މިހާރު ދައުލަތެއް އާމްދަނީ އަށް ބަލާއިރު ހުރީ ގާތްގަނޑަކަށް 32 ބިލިއަން ރުފިޔާ އިތުރު ވެފައިކަމަށް ވިދާޅުވިއެވެ. އޭގެން ފާހަގަވާ ކަމަކީ ވޭތުވެދިޔަ 12 ވަރަކަށް އަހަރު ތިން ގުނަ އާމްދަނީ އިތުރުވެފައި ކަމަށް އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ދައުލަތުގެ އާމްދަނީ ނިސްބަތުން ދަނީ ބޮޑުވަމުން ކަމަށެވެ. އެހެންނަމަވެސް މިހާރު ދިމާވެފައިވާ މައްސަލައަކީ އެއާއި ގުޅިގެން ދައުލަތުގެ ހަރަދުތައް މާބޮޑުވެގެން ގޮސްފައިވުން ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ 10، 12 އަހަރުގެ ތަފާސް ހިސާބަށް ބަލާލުމުން މި ޓްރެންޑް ބޮޑުވެގެން ގޮސްފައި އިނީ 2019 ވަނަ އަހަރުން ފެށިގެން ކަމަށް އަލީ ވިދާޅުވިއެވެ.

”އަޅުގަނޑުމެން އެ ކޭސް ކްރިއޭޓް ކޮށްފައި ބަލާލާއިރު ބައެއް އާގިއުމެންޓް ތަކުގައި މިބުނަނީ ކޮވިޑާއި ގުޅިގެންނޭ. އެއީ 2020 ވަނަ އަހަރުގެ ތެރޭގައި. ނަމަވެސް 2020، 2021، 2022 އަދި 2023 ދިޔަ އިރުވެސް މި ހަރަދު ކުޑަވެގެންދިޔަ ތަނެއް ނުފެނޭ. ފެންނާން އޮތް ހަގީގަތަކީ 2020 ވަނަ އަހަރު ދަރަންޏަށް ޒިންމާ ގާނޫނުގެ ދަށުން އޭރުގެ ސަރުކާރުން މާލިޔަތުން ލާރި ޕްރިންޓު ކޮށްގެން އިތުރު ކުރި އާމްދަނީގެ ބޭނުން ހިފައިގެން އެ ހަރަދު އެގޮތަށް ކުރަމުންނޭ ގެންދިޔައީ. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ކުރިމަތިވެގެން މިއުޅެނީ“

އަލީ ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ކޮންމެސް ވަރަކަށް ޗާޕުކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕްކޮށްފައިވަނީ އެކަށީގެންވާ ވަރަށް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އަލީ ވިދާޅުވިއެވެ. ކޮވިޑްގެ ހާލަތުގައި އިންޓަރނޭޝަނަލް އެއިޑް އެޖެންސީ ތަކުންވެސް ރާއްޖެއަށް މާލީ އެހީ ތެރިކަން ދިންކަމަށް އަލީ ވިދާޅުވިއެވެ.

އެހެންކަމުން އެ އެހީ ތަކާއި އެކު ދައުލަތުން ފައިސާ ޗާޕްކުރުމުން ދައުލަތުގެ ހަރަދުތައް ދެކޮޅުޖެއްސޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަލީ ވިދާޅުވިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: