ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 1 ބިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރިން މާލެ ފަޅުގައި މުޒާހަރާކުރަމުން ދަނިކޮށް މިނިސްޓަރު ޝިޔާމް މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކަވަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް އައިރު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން މަސްވެރިންނަށް އެއް ބިލިއަން ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކަައިފިއެވެ.

މިފްކޯއިން މިއަދު މައުލޫމާތު ދިން ގޮތުގައި އިތުރު 2,009,843 ރުފިޔާ މަސްވެރިންނަށް ވަނީ ދީފައެވެ. އެެހެންކަމުން މަސްވެރިންނަށް ދޫކުރި ޖުމްލަ ފައިސާގެ އަދަދު އެއް ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބުންޏެވެ.

މަސްވެރިންނަށް ފައިސާ ނުދޭ މައްސަލަ ގޯސްވެ، މަސްވެރިން ނިކުމެ މުޒާހަރާ ކުރުމުން ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ މިފްކޯއަށް ކިރާ މަހަށް މީގެ ފަހުން 2 ހަފްތާ ތެރޭ ފައިސާ ދޫ ކުރާނެކަމަށެވެ.

ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުންނަ ވަރަކުން މަސްވެރިންގެ ބާނާ މަހުގެ ފައިސާ ނެގުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.

މަހުގެ އަގަށް ބަދަލު ގެނައީ ސަރުކާރުގެ މާލީ ހާލަތު ދަށްވެފައިވާތީ، ދެމެހެއްޓެނިވި ގޮތަކަށް މަސްވެރިންގެ އަތުން މަސް ގަތުމަށްކަމަށް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ 20 ރުފިޔާއަށް މިފްކޯއިން މަސްގަންނަ ކަމަށްވާނަމަ، ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭކަމަށެވެ. މިކަމަށްޓަކައި ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

20 ރުފިޔާއަށް މަސް ގަންނަކަމަށް ވަންޏާ ނުވަތަ، 20 ރުފިޔާއަށްވުރެ ދަށް ނޫން އަގެއްގައި މަހުގެ އަގު ބަހައްޓާކަމަށް ވަންޔާ ވަރަށް އަވަހަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ.

ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންނަށް ފައިސާ ދޫކުރުމަށް ސަބްސިޑީއަށް ބޮޑު ހޭދައެއް މިފްކޯއިން މިހާރުވެސް ކޮށްފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން 20 ރުފިޔާއަށް މަސް ގަތުމަށް އަހަރެއްގެ މައްޗަށް 560 މިލިއަން ރުފިޔާ ދައުލަތުން މިފްކޯއަށް ދޭން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދައުލަތުން ކުރަންޖެހޭ ހޭދައިގެ ތެރޭގައި ލޯން ރިޕޭމެންޓްތައްވެސް ހުރުމުގެ ސަބަބުން މިއީ ދަތިކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ބަދަލު ގެނައީ ކުދި ވިޔަފާރިތަކަށް ގެއްލުންވެފައިވާތީކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވި ގޮތުގައި، ބައިނަލްއަގްވާމީ މާކެޓާ ނުބައްދަލު އަގެއްގައި މަސް ވިއްކާތީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ވެސް ގޮންޖެހުން ކުރިމަތިވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: