ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ އާއި ހުޅުމާލޭގައި ރަޖިސްޓަރީ ނުކުރާ 1000 އަށްވުރެ ގިނަ ވެހިކަލް!

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ރަޖިސްޓަރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް އެބަހުރި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި ޓްރާންސްޕޯޓް މިނިސްޓްރީން ރޭ އިފުތިތާހުކުރި ”މާލެ ފަހި“ ޕްރޮގްރާމްގެ ރިޕޯޓުގައެވެ. އެ ރިޕޯޓުގައި ބުނީ ރަޖިސްޓަރީ ކުރެވެންދެން ނުވަތަ ވިއްކާލެވެންދެން ގުމަތީގައި ގުދަން ކޮށްފައި ބަހައްޓާކަން ފާހަގަކުރެވޭކަމަށެވެ.

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި، ރަޖިސްޓަރީ ނުކުރާ 1،100 އަށް ވުރެ ގިނަ ހަތަރު ފުރޮޅުލީ ވެހިކަލްތައް އެބަހުރިކަމަށް ސާވޭތަކުން ދައްކާކަމަށް ބުނިއެވެ.

މިއީ ގަވާއިދާ އާދި ވިޔަފާރި ކުރުމުގެ އުސޫލުތަކާ ވެސް ހިލާފުކަމެއްކަމަށްވެސް ބުނިއެވެ.

ވިޔަފާރި އުސޫލުން ވެހިކަލް ވިއްކާ ފަރާތްތަކަށް ވަކި ސަރަހައްދަކުން ބިން ކަނޑައަޅައި، ވިޔަފާރި އުސޫލުން އެ ފަރާތްތަކަށް ޖާގަ ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމަށް ބޭނުންވާ ގަވާއިދު އެކުލަވާލާނެކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

މާލެ ސަރަހައްދުގައި 118,000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓަރީ ކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، އެކަކުގެ ނަމުގައި ގިނަ ވެހިކަލްތަކެއް ރަޖިސްޓްރީ ކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: