ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގައި މުޒާހަރާކުރި ބިދޭސީން ޑީޕޯޓްކުރާތީ ޓްރާންސްޕޭރެންސީގެ ކަންބޮޑުވުން

ތިނަދޫގައި ބަންގްލަދޭޝް މީހުން މުޒާހަރާކުރަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހަފްތާގައި ގދ. ތިނަދޫގައި ބޭއްވި މުޒާހަރާ ރޭވުމުގައި ބައިވެރިވި ބަންގްލަދޭޝްގެ މަސައްކަތްތެރިން ހައްޔަރުކޮށް އަނބުރާ ފޮނުވާލުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ނިންމި ނިންމުމާމެދު ޓްރާންސްޕޭރެންސީއިން ކަނބޮޑުވުން ފާޅުކޮށްފިއެވެ.

ޓްރާންސްޕޭރެންސީއިން ނެރުނު ބަޔާނުގައި ބުނެފައިވނަީ އ.ދ. ގެ އިންސާނީ ހައްގުތަކުގެ އާންމު ގަރާރުގެ 20 ވަނަ މާއްދާގެ ދަށުންް, ކޮންމެ މީހަކަށްވެސް ސުލްހަވެރިކަމާއެކު އެއްވެއުޅުމާއި ޖަމްއިއްޔާ ހެދުމުގެ ހައްގުު ލިބިގެންވާ ކަމަށެވެ. އަދި މި ހައްގުތަކަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވެސް ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށް ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ލިބިދޭކަމަށް ޓަރާންސްޕޭރެންސީއިން ވަނީ ބުނެފައެވެ. އެ ޖަމިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވަނީ 25 ޖުލައި 2024 ގައި ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެފައިވަނީ، ބިދޭސީން ”ސިޔާސީ ހަރަކާތް“ ކުރުމުގައި ބައިވެރިވުމަކީ ވިސާއާ ހިލާފުވުން ކަމަށްވާތީ، މުޒާހަރާ އިންތިޒާމުކުރި ފަރާތްތައް އަނބުރާ ފޮނުވާލަންޖެހޭ ކަމަށެވެ. ގދ. ތިނަދޫގައި ބަންގްލަދޭޝްގެ މަސައްކަތްތެރިން ރޭވި ސުލްހަވެރި މުޒާހަރާއަކީ ބަންގްލަދޭޝްގައި ހިނގަމުންދާ މުޒާހަރާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ބޭއްވި މުޒާހަރާއެއްކަމަށް ވެސް ވަނީ ބުނެފައެވެ.

ޓްރާންސްޕޭރެންސީ އިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް ނިގުޅައިގަންނަ ގޮތަށް ވިސާގެ ޝަރުތެއް ކަނޑައެޅުމަކީ ޤާނޫނާ ހިލާފު ކަމެއްކަމަށެވެ. މަސައްކަތްތެރިންނަށް ލިބިދޭ އަސާސީ ހައްގުތަކަށް ހުރަސްއަޅާ މިފަދަ ހަނިކުރުންތައް ބޭނުންކޮށްގެން ރާއްޖޭގެ އެއްވެސް ގާނޫނަކާއި ގަވާއިދަކާއި ހިލާފުނުވާހާ ހިނދަކު ދިވެހިރާއްޖޭގައި ތިބޭ ބިދޭސީން ހައްޔަރުކޮށް, ވަޒީފާއިން ވަކިކޮށް އަނބުރާ ފޮނުވާލުމަކީ އެ ޖަމްއިއްޔާގެ ކަންބޮޑުވުމެއް ކަމަށް ވަނީ ގޮވާލައިފައެވެ.

ބިދޭސީންނަށް އެއްވެއުޅުމުގެ މިނިވަންކަމުގެ ހަައްގުު ކަށަވަރުކޮށްދިނުމަށާއި، އެ ހައްގު ބޭނުންކުރުމުގެ ސަބަބުން ބިދޭސީން އަނބުރާ ފޮނުވާލުމަށް ނިންމާފައިވާ ނިންމުން ބާތިލްކުރުމަށް ޓްރާންސްޕޭރެންސީ އިން ވަނީ ދައުލަތަށް ގޮވާލައިފައެވެ.

މީގެ އިތުރުން ހުރިހާ ބިދޭސީ މަސައްކަތްތެރިންނާއި އެމީހުންގެ އާއިލާތަކުގެ މެންބަރުންގެ ހައްގުތައްް ހިމާޔަތްކުރުމާބެހޭ ބައިނަލްއަގްވާމީީ މުއާހަދާގައި ބައިވެރިވެ އެއަށް ޢަމަލުކުރުމަށާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ހުރިހާ ބިދޭސީންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކާއިި ރައްކާތެރިކަން ހިމާޔަތްކުރުމުގައި، އަމިއްލަ އިހްތިޔާރުގައިި އަޅާ ފިޔަވަޅުތަކާއި ތަފާތުކުރުންތައް ހުއްޓާލުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.

ޓްރާންސްޕޭރެންސީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ މަސައްކަތު އާބާދީގެ %32 އަަކީ ބިދޭސީިން ކަމަށެވެ. ބިދޭސީން ރާއްޖޭގެެ މުޖުތަމައުުގައި މުހިންމު ދައުރެއް އަދާކޮށް ހުރިހާ ދާއިރާއެއްގައިވެސް ބޮޑެތި ހިިދުމަތްތަކެއްކޮށްދޭކަމަށް ފާހަގަކުރެއެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކޮންމެ މީހަކަށްވެސް ތަފާތުކުރުމަކާ ނުލައި، ޖަމްއިއްޔާތައް އުފެއްދުމުގެ ހައްގާއި، މުޒާހަރާ ކުރުމުގެ ހައްގާއި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދެއެވެ. ދައުލަތާއި އެނޫންވެސް ފަރާތްތަކަށް ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މި އަސާސީ، ގާނޫނީ އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރުމަށް މިޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: